"Gamu Quran mubaarayh 2018" ninmumuge rasmiyyaathu Atholhu Councilge Raees sharafuveri kohdhehvaifi. | Hahdhunmathi Atoll Council

“ގަމު ޤުރުއާން މުބާރާތް 2018” ނިންމުމުގެ ރަސްމިއްޔާތު އަތޮޅު ކައުންސިލްގެ ރައީސް ޝަރަފުވެރިކޮށްދެއްވައިފި.

ގަމު ކައުންސިލުންގެ “ގަމު ޤުރުއާން މުބާރާތް 2018” ނިންމުމުގެ ރަސްމިއްޔާތު ހައްދުންމަތީ އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝަރީފު ޝަރަފުވެރިކޮށްދެއްވައިފިއެވެ. މިރަސްމިއްޔާތު ބޭއްވުނީ 17 މާރިޗް 2018 ވަނަ ދުވަހުގެ 16:00 ގައި އިހައްދޫ ސްކޫލްގެ ހޯލްގައެވެ. ރައީސްގެ ވާހަކައިގައި ޤުރުއާނުގެ ސަބަބުން ހިތްއަލިވެ، ހިތައް ފިނިކަންލިބި އެހެން މާއްދާތައް ކިޔެވުމަށް ފަސޭހަވެގެން ދާނެކަމަށާއި ހުރިހާ ކުދިންވެސް ކިޔެވުމުގައި އެންމެ އިސްކަންދޭ މާއްދާއަކީ ޤުރުއާން ކަމުގައި ހެދުމަށް އިލްތިމާސްކުރެއްވިއެވެ.

ގަމު ކައުންސިލުން ބާއްވަމުންއަންނަ “ގަމު ޤުރުއާން މުބާރާތް” ކުރިއަށްގެންދެވުނީ މި މާރިޗް މަހުގެ 15 ން 17 އަށް ލ.ގަމު އިހައްދޫ ސްކޫލްގެ ހޯލްގައެވެ. މިމުބާރާތަކީ ހައްދުންމަތީ އަތޮޅު ކައުންސިލުން ބާއްވާ އަތޮޅު ޤުރުއާން މުބާރާތުގައި ގަމު ކައުންސިލުން މިއަހަރު ވާދަކުރާނެ ޓީމެއް ހޮވުމަށްޓަކައި ބޭއްވުނު މުބާރާތެއްކަމަށް ގަމު ކައުންސިލުން މަޢުލޫމާތު ދެއްވިއެވެ. އަދި މިމުބާރާތުގައި ގަމުގައިހުރި ސަރުކާރުގެ 3 ސްކޫލަކާއި، އަމިއްލަ 2 ޤުރުއާން ކުލާހަކުން ވާދަކުރެއްވިކަމަށާއި އެއީ 7، 9، 12، 15 އަހަރުން ދަށް، އަދި ޤައުމީ މުބާރާތުގެ 3 ކެޓަގަރީ ހިމެނޭގޮތަށް 7 ކެޓަގަރީއަކުން ދެ ގޮފީންކަމަށާއި، މިމުބާރާތުގައި ބަލައިގެން ކިޔެވުމުގެ ގޮފީގައި 51 ބައިވެރިން ވާދަކުރިއިރު ނުބަލާކިޔެވުމުގެ ގޮފީގައި 26 ބައިވެރިން ވާދަކުރިކަމަށް ގަމު ކައުންސިލުން މަޢުލޫމާތު ދެއްވިއެވެ. ޖުމްލަ 77 ބައިވެރިން ވާދަކުރި މި މުބާރާތުގެ ޖަޖުންގެ

ގޮތުގައި ޙަރަކާތްތެރިވީ ޤުރުއާނުގެ ފަންނުގައި މާލޭގައި މަސައްކަތްކުރައްވާ 3 ބޭފުޅުންނެވެ.

މުބާރާތުގެ ބަލައިގެން ކިޔެވުމުގެ ގޮފިން އެއްވަނައަށް ހޮވިފައިވަނީ ލ.ގަމު ހަމަދު ބިން ޚަލީފާ އާލްޘާނީ ސްކޫލްގެ ދެ ދަރިވަރުން ކަމުގައިވާ އަބްސަމް ޢަބްދުއްސަލާމް ޢަބްދުލްޙަމީދު އާއި މަރްޔަމް ނަބާޙާ ނަސީމެވެ. ނުބަލާ ކިޔެވުމުގެ ގޮފިން އެއްވަނައަށް ހޮވުނީވެސް ހަމަދު ބިން ޚަލީފާ އާލްޘާނީ ސްކޫލްގެ ދަރިވަރެއްކަމަށްވާ މުޙައްމަދު ޝަދުވާން ޢަބްދުﷲ ރަޝީދެވެ.

Leave a Reply

Your email address will not be published. Required fields are marked *