"Hadhunmathi rahkaatheri amaan mujuthamauakah-muahsasaathah gulhigen" mi shiaaruge dhathshun bahdhaluvumeh baahvaifi | Hahdhunmathi Atoll Council

“ހައްދުންމަތި ރައްކާތެރި އަމާން މުޖުތަމަޢުއަކަށް – މުއައްސަސާތައް ގުޅިގެން” މިޝިއާރުގެ ދަށުން ބައްދަލުވުމެއް ބާއްވައިފި

ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓްގެ އިސްނެގުމާއިއެކު ލ.އަތޮޅު ކައުންސިލާއި ގުޅިގެން ލ.ގަން، ފޮނަދޫ އަށް ނިސްބަތްވާ މުއައްސަސާތަކާއެކު “ހައްދުންމަތި ރައްކާތެރި އަމާން މުޖުތަމަޢުއަކަށް – މުއައްސަސާތައް ގުޅިގެން” މިޝިއާރުގެ ދަށުން 24 އެޕްރީލް 2018 ވަނަ ދުވަހު ލ.ގަމު ހޮސްޕިޓަލްގެ ގުރަހަ މާލަމުގައިވަނީ 1 ދުވަހުގެ މަޝްވަރާ ބައްދަލުވުމެއް ކުރިއަށްގެންދެވިފައެވެ.

މިބައްދަލުވުމުގައި ޑިޕަރޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން، ޖުވެނިއަލް ކޯޓް އަދި ކުރިމިނަލް ކޯޓްގެ ފަރާތުން ވަނީ ބައިވެރިވެ މަޢުލޫމާތު ހިއްސާކޮށްފައެވެ. މިބައްދަލުވުމުގައި ބައިވެރިވި މުއައްސަސާތަކުންވަނީ މިހާރުގެ ހާލަތާއި، ހުރި ގޮންޖެހުންތަކާއި، މައްސަލަތައް ޙައްލުކުރުމަށް ކުރެވިދާނެ ކަންކަން ހިމަނާ ކޮންމެ މުއައްސަސާއަކުން ކަރުދާހެއް ހުށަހަޅާފައެވެ. އަދި ކުރިއަށްއޮތްތަނުގައި މިފަދަ ޕްލެޓްފޯމެއް ޤާއިމްކޮށް މިމަސައްކަތް އިތުރަށް ހަރުދަނާކޮށް ކުރިއަށްގެންދިއުމަށް މަސައްކަތް ކުރުމަށްވަނީ މުއައްސަސާތަކުގެ މެދުގައި އެއްބަސްވެވިފައެވެ.

Leave a Reply

Your email address will not be published. Required fields are marked *