Atholhu Councilaai Anti-Corruption Commission aai gulhigen L.Atholhugai thamreen program thake kuriah ebadhey | Hahdhunmathi Atoll Council

އަތޮޅު ކައުންސިލާއި އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ގުޅިގެން ލ.އަތޮޅުގައި ތަމްރީން ޕްރޮގްރާމްތަކެއް ކުރިއަށް އެބަދޭ

މިކައުންސިލާއި އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ގުޅިގެން މި ޖުލައި މަހުގެ 15 ން 21 އަށް ގެންދާ ތަމްރީން ޕްރޮގްރާމްތަކެއް ފެށިގެން ކުރިއަށް އެބަދެއެވެ. މިތަމްރީން ޕްރޮގްރާމްތަކުގެ ތެރޭގައި ގަން-ފޮނަދޫ ސަރަޚައްދުގެ ސްކޫލްތަކުގެ ދަރިވަރުންނަށާއި ބެލެނިވެރިންނަށް މަޢުލޫމާތު ދިނުމުގެ ސެޝަން ތަކަކާއި، އޮފީސްތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ޕްރޮކިއުމެންޓްގެ ތަމްރީން ޕްރޮގްރާމެއް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ޕްރޮކިއުމެންޓްގެ ތަމްރީން ޕްރޮގްރާމް މިއަދު ހެނދުނު 10:30 ން ފެށިގެން ލ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ޓީ.އާރް.ސީ ހޯލްގައި ކުރިއަށް އެބަދެއެވެ. މި ތަމްރީން ޕްރޮގްރާމްގައި ރަށުކައުންސިލްތަކާއި، އަތޮޅު ކައުންސިލާއި، އަތޮޅުގެ ބައެއް ސްކޫލްތަކާއި، ސިއްޚީ ޚިދުމަތްދޭތަންތަނާއި މެޖިސްޓްރޭޓް ކޯޓްގެ މުވައްޒަފުން ބައިވެރިވެފައިވެއެވެ.

ޕްރޮކިއުމެންޓްގެ ތަމްރީން ޕްރޮގްރާމް ފެއްޓެވުމުގެ ގޮތުން ވާހަކަފުޅު ދެއްކެވީ އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝަރީފެވެ. ރައީސްގެ ވާހަކަފުޅުގައި ކައުންސިލްތަކުން ކުރާ މަސައްކަތްތަކުގައި ފަންނީ ބޭފުޅުންގެ އެހީތެރިކަން ފޯރުކޮށްދިނުމަށް އަތޮޅު ކައުންސިލުން އަބަދުވެސް ހާއްސަ ސަމާލުކަމެއް ދެއްވާކަމަށާއި، މިފަދަ ތަމްރީން ޕްރޮގްރާމްތަކުގެ އަލީގައި ކައުންސިލްތަކުގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެންދާނެކަމަށް އުންމީދު ކުރައްވާކަމަށް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *