މިއަހަރުގެ ޤަޢުމީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި.

1440 ވަނަ އަހަރުގެ ގައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ލ. އަތޮޅު ކައުންސިލްގެ އިދާރާގައި ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވައިފިއެވެ. މިއަދު ހެނދުނު 6:00 ގައި ބޭއްވި މިރަސްމިއްޔާތުގައި ފޮނަދޫގެ މުއައްސަސާތަކުގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ގައުމީ ދުވަހުގެ ދިދަ ނަންގަވައިދެއްވީ އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝަރީފެވެ. ދިދަ ނަންގަވައިދެއްވުމަށްފަހު ކައުންސިލްގެ ރައީސް ދުވަހާގުޅޭގޮތުން ހަޒިރީންނާ މުހާތަބްކުރައްވާފައިވެއެވެ. ރައީސްގެ ވާހަކަ ފުޅުގައި 1948 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖޭގައި ގައުމީ ދުވަސް ފާހަގަ ކުރަމުންދާ ކަމަށާއި، ނަމަވެސް ހިތާމައަކީ ގައުމީ ދުވަސްފަދަ މުހިއްމު ދުވަސްތަކާއިބެހޭ މައުލޫމާތު އަޅުގަނޑުމެންގެ ފަހުގެ ޖީލުތަކަށް އެނގޭ މިންވަރު ކުޑަކަމަށް ވިދާޅުވިއެވެ. ދިދަ ނެގުމުގެ ރަސްމިއްޔާތަށްފަހު ވަޑައިގެންނެވި ބޭފުޅުންނާއި ކައުންސިލްގެ ރައީސް ސަލާން ކުރައްވާ ދުވަހުގެ ތަހުނިޔާ ދެންނެވިއެވެ.

Leave a Reply

Your email address will not be published.