މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އޮނަރަބަލް ޑރ. މުޙައްމަދު ޝައިނީ ލ.އަތޮޅަށް ވަޑައިގަންނަވައިފި.

އިންޓަރނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) އާއި ގުޅިގެން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން ހިންގަމުންގެންދާ މެރިކަލްޗަރ އެންޓަރޕްރައިސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އޮނަރަބަލް ޑރ. މުޙައްމަދު ޝައިނީ ލ.އަތޮޅު އިސްދުއާއި، ކަލައިދޫ އަށް ވަޑައިގަންނަވައިފިއެވެ.

މިނިސްޓަރ ގެ މި ދަތުރުފުޅަކީ ލ.ކަލައިދޫގައި ހުއިފިލަނޑާ ހާވެސްޓްކޮށް ވިއްކުމުގެ ރަސްމިއްޔާތު އިފްތިތާހް ކޮށްދެއްވުމަށާއި، ލ.އިސްދޫގައި ކުދި ހުއިފިލަނޑާ ދޫކޮށްދެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ކުރެއްވި ދަތުރުފުޅެކެވެ.  މިނިސްޓަރގެ އަރިހުގައި އަތޮޅު ކައުންސިލްގެ ނާއިބު ރައީސް އަލްފާޟިލް މޫސާ ފައިޞަލާއި، އިސްދޫ ދާއިރާގެ ކައުންސިލަރ ޙުސައިން ނައީސް ބައިވެރިވެވަޑައިގެންނެވިއެވެ.

Leave a Reply

Your email address will not be published.