TFG ge RUNINLAAM ge steering commityge furathama bahdhaluvun baahvaifi | Hahdhunmathi Atoll Council

ޓީ.އެފް.ޖީ ގެ ފަރާތުން މިއަތޮޅު ގަން ފޮނަދޫ ބޮޑުމަގުގައި ބާއްވާ ”ރަން އިން ލާމު” ގެ ސްޓީރިންގ ކޮމެޓީގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

ޓޯޓަލް ފިޓްނަސް ގްރޫޕް “ޓީ.އެފް.ޖީ” ގެ ފަރާތުން މިއަތޮޅު ގަން ފޮނަދޫ ބޮޑުމަގުގައި “ރަން އިން ލާމު” ގެ ނަމުގައި 2018 ޖަނަވަރީ 26 – 27 އަށް ބާއްވާ ދުވުމާއި ގުޅޭގޮތުން އެކުލަވާލެފައިވާ ސްޓީރިންގ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން އިއްޔެ (14 ނޮވެންބަރު 2017) ބާއްވައިފިއެވެ.

ސްޓީރިންގ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން

މި ބައްދަލުވުމުގައި މަޝްވަރާކޮށް ކޮމިޓީން ނިންމާފައިވާ ކަންތައްތަކުގެ ތެރޭގައި، ލިންކްރޯޑުގެ އަރިމަތީ ކައިރީގައި ޖަހާފައިހުރި ޓްރެފިކް ބޯޑުތަކުގައި ” ރަންއިންލާމް ” ގެ އިސްތިހާރުތައް ހަރުކުރުމާ، އިސްތިހާރުތަކުގެ އަދަދާއި ސައިޒްތައް ހޯދުމުގެ މަސައްކަތް ލ.ގަން ޕޮލިސް ސްޓޭޝަނާއި ހަވާލުކުރުމާއި، މި އިވެންޓް ކުރިއަށް ދާގަޑިތަކުގައި ފަސްޓްއިޑުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފަސްޓް އެއިޑް ޓްރޭނިން ޓްރޭނިންގ ކުރިއަށް ގެންދިއުމުގެ މަސައްކަތް ލ. ގަން ރީޖަނަލް ހޮސްޕިޓަލުން ކުރިޔަށް ގެންދިއުން ހިމެނެއެވެ. އަދި “ރަން އިން ލާމު” އިސްތިހާރު ކުރުމަށްޓަކައި ކައްދޫ އެއަރޕޯޓާއި، ހޮސްޕިޓަލް ފަދަ ތަންތަނުގައި އިސްތިހާރު ބެހެއްޓުމުގެ އިތުރުން އާއްމުކޮށް މީހުން އެއްވެ އުޅޭ ތަންތަނުގައި ޓެންޓު ބަހައްޓައިގެން އާއްމުންނަށް މައުލޫމާތު ފޯރުކޮށްދިނުމަށާއި، ރަށުކައުންސިލްތަކާއި، ސްކޫލްތަކަށް ދުވުމާގުޅޭ މަޢުލޫމާތު ލިޔުމަކުން އެންގުމަށް މި ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.

މި ބައްދަލުވުމުގައި އިތުރަށް މަޝްވަރާކުރެވުނު ކަންތައްތަކުގެ ތެރޭގައި ކޮންމެ ހަފުތާއަކު ބުރާސްފަތި ދުވަހު ސްޓީރިންގ ކޮމިޓީގެ ބައްދަލުވުމެއް ބޭއްވުމާއި، މި އިވެންޓާއި ގުޅޭ ކަންކަމުގައި ގަމާއި ފޮނަދޫ ކައުންސިލްގެ ބައިވެރިވުން އިތުރުކުރުމަށް މި ދެ ކައުންސިލުގައި މީޓިންތައް ބޭއްވުމާއި، ގަންފޮނަދޫ ސަރަހައްދުގައި ހުރި މުއައްޞަސާ ތަކުން ކޮންމެ މުއައްޞަސާއަކުން ދުވުމުގައި މީހުން ބައިވެރި ކުރުވުން ހިމެނެއެވެ.

“ރަން އިން ލާމު” ގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ހުޅުވާލެވިފައިވާއިރު، ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް މިލިންކް މެދުވެރިކޮށް ރަޖިސްޓްރީވުމުގެ ފުރުސަތު ވަނީ ހުޅުވާލެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *