E-council Fainancial Administration Managemen Module aai gulhey Training programmeh baahvaifi | Hahdhunmathi Atoll Council

އީ-ކައުންސިލް ފައިނޭންސަލް އަދި އެޑްމިނިސްޓްރޭޝަން މެނޭޖުމަންޓް މޮޑިއުލް ރޯލްއައުޓް ކުރުމުގެ ޓްރޭނިން ޕްރޮގުރާމެއް ބާއްވައިފި.

ކައުންސިލްތައް ހިންގުން ހަރުދަނާކުރުމުގެ ގޮތުން ލޯކަލް ގަވަރމަންޓް އޮތޯރިޓީން ޑިވެލޮޕް ކޮށްފައިވާ އީ-ކައުންސިލް ފައިނޭންޝަލް އަދި އެޑްމިނިސްޓްރޭޝަން މެނޭޖުމަންޓް މޮޑިއުލް ރޯލްއައުޓް ކުރުމުގެ މަސައްކަތް ކުރުމާއި މި އެޕްލިކޭޝަނަށް އަހުލުވެރި ކުރުވުމުގެ ގޮތުން މި ކައުންސިލާއި، މި އަތޮޅުގެ ހުރިހާ ރަށު ކައުންސިލްތަކަށް އަމާޒުކޮށްގެން ދެ ދުވަހުގެ ޓްރޭނިންގ ޕްރޮގުރާމެއްބާއްވައިފި އެވެ.

މި ޑިސެންބަރު މަހުގެ 05 ން 06 އަށް ބޭއްވި ޓްރޭނިން ޕްރޮގުރާމްގައި އަތޮޅު ކައުންސިލްގެ ބަޖެޓްޝެކުޝަނުގައި މަސައްކަތް ކުރައްވާ ހުރިހާ މުވައްޒަފުންނާއި، ޕްލޭނިންގ އަދި ޕްރޮކިއުމަންޓްގައި މަސައްކަތް ކުރައްވާ މުވައްޒަފުންގެ އިތުރުން ރަށުކައުންސިލްތަކުން ކޮންމެ ކައުންސިލަކުން މުވައްޒަފެއް ބައިވެރިކޮށްފައިވެ އެވެ.

އީ-ކައުންސިލް ފައިނޭންސަލް އަދި އެޑްމިނިސްޓްރޭޝަން މެނޭޖުމެންޓް މޮޑިއުލް ރޯލްއައުޓްކުރުމުގެ ޓްރޭނިންގޕްރޮގުރާމް ފެސިލިޓޭޓް ކޮށްދެއްވީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ފައިނޭންސް އޮފިސަރ މުޙައްމަދު އާމިރާއި، ހައްދުންމަތީ އަތޮޅުކައުންސިލްގެ އ.ފައިނޭންސް އޮފިސަރ މުޙައްމަދު ޝިފާއު އެވެ.

Leave a Reply

Your email address will not be published. Required fields are marked *