ރަށުކައުންސިލްތަކުގެ 2018 ފުރަތަމަ 06 މަސްދުވަހުގެ މޮނިޓަރިންގ މަސައްކަތް ނިންމާ ރިޕޯޓްތައް ޢާންމުކުރުން
މިމޮނިޓަރިންގެ މަސައްކަތަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (2010/7) ގެ 8 ވަނަ މާއްދާގެ (ނ) އިން މިކައުންސިލާއި މަތިކޮށްފައި ޒިންމާ އަދާކުރުމުގެ ގޮތުން ރަށު ކައުންސިލްތަކުން ހިންގާ ޙަރަކާތްތައް ވިލަރެސްކުރުމާއި އެކައުންސިލްތައް ހިނގާ ނުހިނގާގޮތް ބެލުމުގެ ގޮތުން ކުރެވުނު މޮނިޓަރިންގއެކެވެ.
މި މޮނިޓަރިންގައި ބަލާފައިވާނީ 2017 ވަނަ އަހަރުގެރަށުކައުންސިލްތަކުގެއަހަރީ މޮނިޓަރިންގައި ރަނގަޅު ކުރުމަށް މިކައުންސިލުން ފާހަގަކޮށްފައިވާ ކަންތައްތަކާއި،ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައިބަޔާންކޮށްފައިވާ ރަށު ކައުންސިލްތަކުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައްހައްދުންމަތީ ރަށުކައުންސިލްތަކުން އަދާކުރަމުންދާގޮތާއި، ގާނޫނުގެ ދަށުން 2018ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރަށުކައުންސިލްތަކުން ތައްޔާރުކޮށްހުށަހަޅަންޖެހޭ އެކިއެކި ރިޕޯޓްތަކާއި ލިޔުންތައް ހުށަހަޅާފައިވޭތޯ ބެލުމާއި،ރައްޔިތުންގެ ބައިވެރިވުން ހޯދުމާއި، ރައްޔިތުންނަށް ޖަވާބުދާރީވަމުންދާމިންވަރަށެވެ. އަދި ކައުންސިލާއި އެކިއެކި ފަރާތްތަކާއިދެމެދު ވެވިފައިވާއެއްބަސްވުންތަކަށް ޢަމަލީސިފަ އަންނަމުންދާ ގޮތުގެ މައްޗަށެވެ.
ރަށުކައުންސިލްތަކުގެ މޮނިޓަރިންގ ރިޕޯޓްތައް: