އަތޮޅު ކައުންސިލާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީއާއި ގުޅިގެން ކައުންސިލްތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ސްކިލް ޑިވެލޮޕްމަންޓް ޕްރޮގްރާމެއް ކުރިއަށް ގެންދިޔުން – Hahdhunmathi Atoll Council

އަތޮޅު ކައުންސިލާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީއާއި ގުޅިގެން ކައުންސިލްތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ސްކިލް ޑިވެލޮޕްމަންޓް ޕްރޮގްރާމެއް ކުރިއަށް ގެންދިޔުން

މިކައުންސިލާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީއާއި ގުޅިގެން މި ޖުލައި މަހުގެ 13 ން 15 އަށް ގެންދާ ސްކިލް ޑިވެލޮޕްމަންޓް ޕްރޮގްރާމެއް މިއަދު ހެނދުނު 10:00 ން ފެށިގެން އަތޮޅު ކައުންސިލްގެ އެދުރު ޢުމަރު މާލަމުގައި ކުރިއަށް އެބަދެއެވެ. މިތަމްރީން ޕްރޮގްރާމްގައި އަތޮޅުގެ ކޮންމެ ކައުންސިލަކުން 3 މުވައްފުން ބައިވެރިވެފައިވެއެވެ. ކައުންސިލްތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މިޕްރޮގްރާމުގައި މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ ޕްލޭނިންގ، ބަޖެޓް އަދި އެޑްމިނިސްޓްރޭޝަންގެ ދާއިރާއިންނެވެ.

މިޕްރޮގްރާމް ފެއްޓެވުމުގެ ގޮތުން ވާހަކަފުޅު ދެއްކެވީ އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝަރީފެވެ. ރައީސްގެ ވާހަކަފުޅުގައި އަތޮޅު ކައުންސިލްގެ މައިގަނޑު ވިސްނުމަކީ ރަށުކައުންސިލްތަކުގެ ހިންގުން ހަރުދަނާކުރުން ކަމަށާއި، ރަށުކައުންސިލްތައް ބާރުވެރިކޮށް، ކައުންސިލްތަކުން ހިންގާ ޕްރޮގްރާމްތައް ހުނަރާއެކީގައި ހިންގުމުގެ ޤާބިލްކަށްހުރި މުވައްޒަފުންތަކެއް އުފެއްދުންކަމަށް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *