އަތޮޅު ކައުންސިލާއި ސިވިލްސަރވިސް ކޮމިޝަނާއި ގުޅިގެން ސްމަރޓް މެނޭޖްމަންޓް ސްކިލްސް ޑިވެލޮޕްމަންޓް ޓްރެއިނިންގ ޕްރޮގްރާމް ކުރިއަށްގެންދިއުން – Hahdhunmathi Atoll Council

އަތޮޅު ކައުންސިލާއި ސިވިލްސަރވިސް ކޮމިޝަނާއި ގުޅިގެން ސްމަރޓް މެނޭޖްމަންޓް ސްކިލްސް ޑިވެލޮޕްމަންޓް ޓްރެއިނިންގ ޕްރޮގްރާމް ކުރިއަށްގެންދިއުން

އަތޮޅު ކައުންސިލާއި ސިވިލް ސަރވިސް ކޮމިޝަނާއި ގުޅިގެން ސްމަރޓް މެނޭޖްމަންޓް ސްކިލްސް ޑިވެލޮޕްމަންޓާއި ގުޅޭ 02 ގަޑިއިރުގެ ތަމްރީން ޕްރޮގްރާމެއް ނޮވެންބަރު 23 ވަނަ ދުވަހު ކައުންސިލްގެ އެދުރު އުމަރު މާލަމުގައި ވަނީ ބޭއްވިފައެވެ. މި ޕްރޮގްރާމް ކުރިއަށްގެންގޮސްދެއްވާފައިވަނީ ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ޑރ.އަލީ ޝަމީމް އެވެ. މިޕްރޮގްރާމްގެ މަގުސަދަކީ ކައުންސިލުން ދޭ ހިދުމަތްތައް އަވަސްކޮށް ހިދުމަތުގެ ފެންވަރު މިހާރަށްވުރެ ރަނގަޅުކޮށް، މަސައްކަތަށް އަހުލުވެރިކުރުމާއި، މުވައްޒަފުން އިތުރަށް ތާޒާކުރުމެވެ .މިތަމްރީން ޕްރޮގްރާމްގައި މި ކައުންސިލްގެ މުވައްޒަފުންގެ އިތުރުން ފޮނަދޫ ކައުންސިލްއިދާރާގެ މުވައްޒަފުން ބައިވެރިވެފައިވެއެވެ.

ކުރިއަށް އޮތްތާގައިވެސް ކައުންސިލުން މުވައްޒަފުންނަށް އަމާޒުކޮށްގެން މިފަދަ ޕްރޮގްރާމްތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.