ޖުޑީޝަލް ސަރވިސް ކޮމިޝަންގެ 2019 ވަނަ އަހަރުގެ 84 ވަނަ ބައްދަލުވުން ހައްދުންމަތީ އަތޮޅު ކައުންސިލްގައި ބާއްވައިފި – Hahdhunmathi Atoll Council

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ 2019 ވަނަ އަހަރުގެ 84 ވަނަ ބައްދަލުވުން ހައްދުންމަތީ އަތޮޅު ކައުންސިލްގައި ބާއްވައިފި

ޖުޑީސަލް ސަރވިސް ކޮމިޝަންގެ 2019 ވަނަ އަހަރުގެ 84 ވަނަ ބައްދަލުވުން، މިއަދު 10:30 ގައި ލ.އަތޮޅު ކައުންސިލްގެ ތާޖުއްދީން މާލަމުގައި ބާއްވައިފިއެވެ. މިބައްދަލުވުމަކީ ވެރިކަން ކުރާ މާލެއިން ބޭރުގައި، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ފުރަތަމަ ފަހަރަށް ބޭއްވި ބައްދަލުވުމެވެ. ކޮންމެ އަހަރަކު ޖުޑީޝަލް ސަރވިސް ކޮމިޝަންގެ 2 ބައްދަލުވުން ލ.އަތޮޅުގައި ބޭއްވުމަށް އެކޮމިޝަނުން ވަނީ ނިންމަވާފައެވެ.

ބައްދަލުވުން ނިންމެވުމަށްފަހު، ބައްދަލުވުމުގައި ބައިވެވަޑައިގެންނެވި ބޭފުޅުން ކައުންސިލްގެ ރައީސް ޢަބްދުﷲ ޝަރީފާ ބައްދަލުކުރައްވާ، މެހެމާނުން ސޮއިކުރާ ފޮތުގައި ވަނީ ސޮއިކޮށްފައެވެ.