ރައީސުލްޖުމްހޫރިއްޔާ ހައްދުންމައްޗަށް ވަޑައިގެންފި – Hahdhunmathi Atoll Council

ރައީސުލްޖުމްހޫރިއްޔާ ހައްދުންމައްޗަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މިއަދު ހެނދުނުގެވަގުތެއްގައި ހައްދުންމަށްޗަށް ވަޑައިގެންފި އެވެ.

އެމަނިކުފާނު ކައްދޫ އެއަރޕޯޓަށް ވަޑައިގެންނެވުމުން އަތޮޅުގެ ބައެއްމުއައްސަސާތަކުގެ ވެރިންގެ އިތުރުން ގިނަ ޢަދަދެއްގެ ރައްޔިތުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދެންނެވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ ލ.އަތޮޅު ހިތަދޫ ޞިއްޙީމަރުކަޒުން ޚިދުމަތްދޭންފެށިތާ 50 އަހަރު ފުރުމާގުޅިގެން ބާއްވާ ޚާއްޞަ ޖަލްސާ ޝަރަފުވެރި ކޮށްދެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގައި ލ.ގަމާއި ހިތަދޫގެ އިތުރުން ފޮނަދުއަށް ވަޑައިގެން އެ ރަށްރަށުގެ ކައުންސިލްތަކާ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށްވަނީ ހަމަޖެހިފަ އެވެ. އަދި އެ މަނިކުފާނުގެ މި ދަތުރުފުޅުގައި މި އަތޮޅުގެ ބައެއްމަސްވެރިންނާ ބައްދަލުކުރެއްވުމަށްވަނީ ހަމަޖެހިފަ އެވެ.