78 ވަނަ ޤައުމީ ދުވަސް ފާހަގަކުރުމަށް ދިދަ ނެގުމުގެ ޚާއްޞަ އިޙްތިފާލެއް ބާއްވައިފި – Hahdhunmathi Atoll Council

78 ވަނަ ޤައުމީ ދުވަސް ފާހަގަކުރުމަށް ދިދަ ނެގުމުގެ ޚާއްޞަ އިޙްތިފާލެއް ބާއްވައިފި

ޤައުމީ ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން މިއަދު ހެނދުނު ދިދަ ނެގުމުގެ ޚާއްޞަ އިޙްތިފާލެއް ބާއްވައިފިއެވެ.

މިއަދު ހެނދުނު 06:00 ގައި ލ.އަތޮޅު ކައުންސިލްގެ އިދާރާގެ ގޯތިތެރޭގައި ބޭއްވެވި މި ދިދަ ނެގުމުގެ މި ޚާއްޞަ އިޙްތިފާލުގައި ފޮނަދޫގައި ހުރި ސަރުކާރުގެ އެކި މުޢައްސަސާތަކުގެ މުވައްޒަފުން ބައިވެރިވެ ވަޑައިގެންނެވިއެވެ. މި އިޙްތިފާލުގައި ޤައުމީ ދިދަ ނަންގަވައި ދެއްވީ އަތޮޅު ކައުންސިލްގެ މެންބަރ ސާހީން އިސްމާޢީލެވެ.

ޤައުމީ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ރަބީޢުލްއައްވަލް މަހުގެ ފުރަތަމަ ދުވަހުއެވެ. މިދުވަސް ފާހަގަކުރަނީ ޕޯޗުގީޒުންގެ އަނިޔާވެރިކަމުން ދިވެހި ޤައުމު މިނިވަން ކުރުމަށް އަލްޣާޒީ މުޙަންމަދު ތަކުރުފާނުލް އަޢުޒަމް ސިރީސަވާދީއްތަ މަހާރަދުން ކުރެއްވި މިންނެތް މަސައްކަތުގެ ހަނދާން އާކުރުމުގެ ގޮތުންނެވެ.