އދ. ދިގުރަށުގެ ޓީމެއް ތަޖުރިބާ ދަތުރެއްގައި މިއަދު މިއަތޮޅަށް ވަޑައިގެންފި – Hahdhunmathi Atoll Council

އދ. ދިގުރަށުގެ ޓީމެއް ތަޖުރިބާ ދަތުރެއްގައި މިއަދު މިއަތޮޅަށް ވަޑައިގެންފި

އދ. ދިގުރަށުގެ ޓީމެއް ތަޖުރިބާ ދަތުރެއްގައި މިއަދު މިއަތޮޅަށް ވަޑައިގެންފިއެވެ. ފޮނަދޫ ބަނދަރުން އެޓީމަށް ހޫނު މަރުޚަބާ އެއް ދެންނެވީ އަތޮޅު ކައުންސިލްގެ އިސްވެރިންނާ މުވައްޒަފުންނެވެ.  މިހިނގާ ނޮވެމްބަރު މަހުގެ 11 ން 14 އަށް މިއަތޮޅަށް ކުރައްވާ މިދަތުރުގައި މިއަތޮޅުގެ ފޮނަދޫ، ގަން، މާބައިދޫ، ދަނބިދޫ، ކަލައިދޫ، އިސްދޫ، މާވަށް ، މާމެންދޫ އަށް ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ. މިދަތުރުގެ މައިގަނޑު މަޤުސަދަކީ ކައުންސިލްތަކުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކާއި، ރަށްރަށުގެ ތަރައްޤީއަށް ކުރެވިފައިވާ ކަންކަމުގެ މަޢުލޫމާތު ހޯދުމާއި، ދިގުރަށުގައި ތަރައްޤީކުރާ ކުޑަކުދިންގެ ޕާކަށް ބޭނުންވާ ގަސް ހޯދުމެވެ. މީގެ އިތުރަށް ރަށުގައި ހުންނަ އާސާރީ މުހިންމު ތަންތަނަށް ޒިޔާރަތް ކުރުމާ، މުވައްޒަފުންނަށް ބޭނުންވާ މަޢުލޫމާތާއި، ތަމްރީނުހޯދުމެވެ.