ހައްދުންމަތީ އަތޮޅުކައުންސިލްގެ ނާއިބު ރައީސްކަމުގެ މަޤާމަށް އަޙުމަދު ރިޔާޟު އިންތިޚާބު ކުރެވިއްޖެ – Hahdhunmathi Atoll Council

ހައްދުންމަތީ އަތޮޅުކައުންސިލްގެ ނާއިބު ރައީސްކަމުގެ މަޤާމަށް އަޙުމަދު ރިޔާޟު އިންތިޚާބު ކުރެވިއްޖެ

މިއަދު 10:00 ގައި ހައްދުންމަތީ އަތޮޅުކައުންސިލްގެ އެދުރު އުމަރު މާލަމުގައި ބޭއްވި ކައުންސިލްގެ 04 ވަނަ ދައުރުގެ 03 ވަނަ ޢާއްމުޖަލްސާ އިން އަތޮޅުކައުންސިލްގެ ނާއިބުރައީސްކަމުގެ މަގާމަށް ފޮނަދޫ ކައުންސިލްގެ ރައީސް އަލްފާޟިލް އަޙުމަދު ރިޔާޟު އިންތިޚާބު ކުރެވިއްޖެ އެވެ.

ނާއިބު ރައީސްކަމުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލުމުން އެމަގާށް ކުރިމަތިލައްވާފައިވަނީ އިސްދޫ ކައުންސިލްގެ ރައީސް އަލްފާޟިލް އިބްރާހީމް ޚަލީލާއި ފޮނަދޫ ކައުންސިލްގެ ރައީސް އަލްފާޟިލް އަޙުމަދު ރިޔާޟެވެ. މި ދެބޭފުޅުންގެ މެދުގައި ނެގުނު ވޯޓު ކާމިޔާބު ކުރެއްވީ އަޙުމަދު ރިޔާޟެވެ. އަޙުމަދު ރިޔާޟަށް 07 ވޯޓު ލިބުނުއިރު އިބްރާހީމް ޚަލީލަށް ލިބުނީ 05 ވޯޓެވެ.