ހައްދުންމަތީ ރަށު ކައުންސިލްތަކުގެ ތަރައްޤީގެ ޕްލޭނަށް އަމަލީ ސިފައަންނަމުންދާ ގޮތް 2022 ވަނަ އަހަރުގެ މޭ/ޖޫން – Hahdhunmathi Atoll Council

ހައްދުންމަތީ ރަށު ކައުންސިލްތަކުގެ ތަރައްޤީގެ ޕްލޭނަށް އަމަލީ ސިފައަންނަމުންދާ ގޮތް 2022 ވަނަ އަހަރުގެ މޭ/ޖޫން

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ގާނޫނު (7/2010) ގެ 107 ވަނަ މާއްދާގައި ވާގޮތުގެ
މަތިން ތަރައްޤީގެ ޕްލޭނަށް ޢަމަލީ ސިފަ އަންނަމުންދާ ގޮތުގެ މަޢުލޫމާތު މަދުވެގެން ދެމަހުން އެއްމަހު އާންމު ކުރުމަކީ ރަށު ކައުންސިލްތަކަށް ޤާނޫނުން މަތިކޮށްފައިވާ ޒިންމާއެކެވެ.

ޤާނޫނު ނަންބަރު: 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގައި ބަޔާން
ކޮށްފައިވާ ގޮތަށް، 2022 ވަނަ އަހަރުގެ މޭ، ޖޫން މަހުގައި މި ދެންނެވި މަޢުލޫމާތު އާންމު ކޮށްފައިވާ ކައުންސިލްތަކުން އެ މަޢުލޫމާތު މި ކައުންސިލަށް ހިއްސާކުރުމަށް ވަނީ ދަންނަވާފައެވެ. އެގޮތުން، މޭ، ޖޫން މަހުގައި މަޢުލޫމާތު އާންމުކޮށް، މި ކައުންސިލަށް 2022 ޖުލައި 31 ވަނަދުވަހުގެ ނިޔަލަށް ހުށަހަޅާފައިވާ، މި އިދާރީ ދާއިރާގެ ރަށު ކައުންސިލްތަކުގެ މަޢުލޫމާތު ތިރީގައި އެވަނީއެވެ.

ކައުންސިލްގެ ނަންމައުލޫމާތު ހިއްސާކުރި ގޮތްމައުލޫމާތު ހިއްސާކުރި ތާރީހްއަތޮޅު ކައުންސިލަށް ފޮނުވި ތާރީޚް
ހައްދުންމަތީ އިސްދޫ ކައުންސިލް.ވެބްސައިޓް30/07/202229/07/2022
ހައްދުންމަތީ ކަލައިދޫ ކައުންސިލް.ވައިބަރ ކޮމިޔުނިޓީ24/07/202224/07/2022
ހައްދުންމަތީ ދަނބިދޫ ކައުންސިލް.ފޭސްބުކް31/07/202217/07/2022
ހައްދުންމަތީ މާބައިދޫ ކައުންސިލް.ވެބްސައިޓް01/08/202231/07/2022
ހައްދުންމަތީ މުންޑޫ ކައުންސިލް.ވެބްސައިޓް25/07/202206/07/2022
ހައްދުންމަތީ ގަން ކައުންސިލް.ވެބްސައިޓް06/07/202207/07/2022
ހައްދުންމަތީ ފޮނަދޫ ކައުންސިލް.ވެބްސައިޓް21/07/202209/07/2022
ހައްދުންމަތީ މާމެންދޫ ކައުންސިލް.ފޭސްބުކް29/07/202229/07/2022
ހައްދުންމަތީ ހިތަދޫ ކައުންސިލް.ފޭސްބުކް30/07/202230/07/2022
ހައްދުންމަތީ ކުނަހަންދޫ ކައުންސިލް.ފޭސްބުކް29/06/202204/07/2022
ހައްދުންމަތީ މާވަށް ކައުންސިލް.ފޭސްބުކް12/07/202213/07/2022