މިނިސްޓަރ އޮފް ހައުސިންގ އެންޑް އާރބަން ޑިވެލޮޕްމަންޓް އަލްފާޟިލާ އާމިނަތު އާތިފާ ހައްދުންމައްޗަށް ވަޑައިގަންނަވައިފި

މިނިސްޓަރ އޮފް ހައުސިންގ އެންޑް އާރބަން ޑިވެލޮޕްމަންޓް އަލްފާޟިލާ އާމިނަތު އާތިފާ މިއަދު މެންދުރުގެ ވަގުތެއްގައި ހައްދުންމައްޗަށް ވަޑައިގެންފި އެވެ. އެކަމަނާއަށް ކައްދޫ އެއަރޕޯޓުން މަރުހަބާ ދެންނެވީ ހައްދުންމަތީ އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް އަބްދުﷲ ޝަރީފެވެ.

އެކަމަނާގެ މިދަތުރުފުޅުގައި ގަމު ދާއިރާގެ މަޖިލިސް މެމްބަރ އަލްފާޟިލް މުހައްމަދު ވިޝާމާއި، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާރބަން ޑިވެލޮޕްމަންޓްގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް އަޙްމަދު ނަޝީދު ބައިވެރިވެ ވަޑައިގެންފައިވެއެވެ.

މިނިސްޓަރގެ މިދަތުރުފުޅަކީ ލ.ފޮނަދޫގައި ގާއިމްކުރެވިފައިވާ ހައުސިންގ ޔުނިޓްތަކުގެ މަސައްކަތް ބައްލަވާލެއްވުމަށާއި މިއަތޮޅުގެ ކައުންސިލްތަކާ ބައްދަލުކޮށްލެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 05 ވަނަ ދުވަހުގައެވެ.


ހައްދުންމަތީ އަތޮޅު ކައުންސިލް