އަތޮޅުގެ ތައާރަފް

ލ. އަތޮޅުގެ މަންޒަރެއް - އެރިއަލް ވިއު

ހައްދުންމައްޗަކީ ވަރަށް ޤަދީމީ ތާރީޚެއް ލިބިފައިވާ އަތޮޅެކެވެ. މި ކަމުގެ ހެކިތަކަކީ ހައްދުންމަތީގެ އެކި ރަށްރަށުގައި ފެންނާންހުރި ބުދުދީނުގެ އާޘާރުތަކެވެ. އަދި މިއަތޮޅުގެ މިސްކިތްތަކުން ފެނުނު ލޯމާފާނުތަކެވެ. މިހާރު ފެންނާން އޮތް 4 ލޯމާފާނުގެ ތެރެއިން 3 ލޯމާފާނަކީ ހައްދުންމަތީގެ ރަށްރަށުން ފެނުނު ލޯމާފާނެވެ. އެއީ ގަމު ލޯމާފާނު (1194/1195މ.)، އިސްދޫ ލޯމާފާނު (1195/1196މ.)، އަދި ދަނބިދޫ ލޯމާފާނު (1196/1197މ.)އެވެ. ރަސްރަސްކަލުންގެ ރަސްމީ ފަތްކޮޅުތަކެއްގެ ގޮތުގައި ލޯފޮތިތަކެއްގައި ލިޔެފައިވާ ލޯމާފާނުތަކަކީ މިހާރު ފެންނާންހުރި ދިވެހި ލިޔުންތަކުގެތެރެއިން އެންމެ އިތުބާރުކުރެވޭ އެންމެ ގިނަ ދުވަސްވީ ލިޔުންތައް ކަމުގައި ދިވެހި މުއައްރިޚް ނަސީމާ މުޙައްމަދު ކަލޭފާނު ލިޔުއްވައެވެ. ދިވެހިރާއްޖޭގެ ވެރިރަށް މާލޭގެ ދެކުނުން ގާތްގަނޑަކަށް 70 ވަރަކަށް މޭލު ދުރުގައި، ކޮޅުމަޑުލާއި ހުވަދު އަތޮޅާއި ދެމެދުގައި އޮންނަ ހައްދުންމަތި ނުވަތަ ލ. އަތޮޅަކީ، މީހުން ދިރިއުޅޭ 11 ރަށާއި، މީހުން ދިރިނޫޅޭ 64 ފަޅުރަށާއި 02 ރިޒޯޓުގެ އިތުރުން .... ފަޅުރަށާއި، އިންޑަސްޓްރިއަލް ރަށަކާއި އެކު ޖުމްލަ .... ރަށް ހިމެނޭ އަތޮޅެކެވެ. ޑޮމެސްޓިކް އެއަރޕޯޓެއް އޮންނަ ލ. ކައްދޫއަކީ އިސްކަންދަރު އެއަރބޭސްއެވެ. ލ. މާންދޫއަކީ ހޮރައިޒަން ފިޝަރީޒްއިން ކޭނިންގ ފެކްޓްރީއެއް ހިންގާ އިންޑަސްޓްރިއަލް މަސައްކަތް ކުރާ ރަށެކެވެ.

ކައުންސިލް މެމްބަރުން

އަތޮޅު ކައުންސިލްގެ މެމްބަރުންނަކީ ރައްޔިތުންގެ ޚިދުމަތުގައި މަސައްކަތްކުރުމަށް ވަޤުފުވެފައިވާ ޤާބިލު ބޭފުޅުންނެވެ

  • އިސްމާއިލް ޢަލީ

    ހައްދުންމަތީ އަތޮޅު ކައުންސިލްގެ ރައީސް

  • އަޙުމަދު ރިޔާޟް

    ކައުންސިލްގެ ނައިބްރައީސް، ފޮނަދޫ ކައުންސިލްގެ ރައީސް

  • އިބްރާހިމް ޝަމްޢޫން

    ކައުންސިލް މެމްބަރު، ހިތަދޫ ކައުންސިލްގެ ރައީސް

  • އިބްރާހިމް ޝަކީބު

    ކައުންސިލް މެމްބަރު، ކުނަހަންދޫ ކައުންސިލްގެ ރައީސް

  • އިބްރާހިމް މިމްރާހް

    ކައުންސިލް މެމްބަރު، ދަނބިދޫ ކައުންސިލްގެ ރައީސް

  • އިބްރާހިމް ޚަލީލް

    ކައުންސިލް މެމްބަރު، އިސްދޫ ކައުންސިލްގެ ރައީސް

  • ހަސަން ރަމީޒު

    ކައުންސިލް މެމްބަރު، މާމެންދޫ ކައުންސިލްގެ ރައީސް

  • އަޙުމަދު ޒަކީ

    ކައުންސިލް މެމްބަރު، ގަމު ކައުންސިލްގެ ރައީސް

  • އަޙުމަދު ޝިޔާމް

    ކައުންސިލް މެމްބަރު، ކަލައިދޫ ކައުންސިލްގެ ރައީސް

  • އިބްރާހިމް ވިސާމް

    ކައުންސިލް މެމްބަރ، މާބައިދޫ ކައުންސިލްގެ ރައީސް

  • އަޙުމަދު މޫސާ

    ކައުންސިލް މެމްބަރު، މާވަށް ކައުންސިލްގެ ރައީސް

  • އާދަމް ނާޞިފް

    ކައުންސިލް މެމްބަރު، މުންޑޫ ކައުންސިލްގެ ރައީސް