ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ

މި އޮފީހަކީ ޤާނޫނު ނަންބަރު 68/3ޖ އޮފިޝަލް ކަންތައް ޗެޕްޓަރ 3ގެ މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލޮޕްމަންޓްގެ އަތޮޅުވެރިން މިސުރުޚީގެ ދަށުގައި ހިނގަމުން އައިސް އެޓޮލްސް މިނިސްޓްރީ އުވާލައްވާ އަތޮޅު އޮފީސްތައް ހިންގުން މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ދަށަށް 2008ވަނަ އަހަރު ބަދަލު ކުރައްވާ އަދި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގެވުމަށްޓަކައި 05 ފެބުރުއަރީ 2011 ގައި ލޯކަލް ކައުންސިލްތައް އިންތިޚާބު ކުރެވި، އިންތިޚާބު ކުރެވިފައިވާ ކައުންސިލްތަކުގެ އިދާރާތައް އުފެއްދެވުމާ ގުޅިގެން 22 ފެބުރުއަރީ 2011 ން ފެށިގެން އަތޮޅު އޮފީހުގެ ނަން އަތޮޅު ކައުންސިލް އިދާރާގެ ނަމަށް ބަދަލުކުރެވި، ހިންގަމުން އަންނަ އޮފީހެކެވެ. އޮފީސް އުފެދިފައިވާ ތާރީޚެއް ކަނޑައެޅިގެން އެނގޭކަންނެތެވެ. ނަމަވެސް މި އޮފީހަކީ ކުރީގައި މި އަތޮޅު ދަނބިދޫގައި ހިނގަމުން އައިސް 1964 މެއި 13 ގައި ހިތަދޫއަށް ބަދަލުކުރެވި 1992ވަނަ އަހަރު މާރޗު މަހުގެ 6 ވަނަ ދުވަހާއި ހަމައަށް ހިތަދޫގައި ހިންގުމަށްފަހު 1992ވަނަ އަހަރު މާރިޗު 6 ގައި ފޮނަދޫއަށް ބަދަލުކުރެވި ފޮނަދޫގައި ހިންގަމުން އަންނަ އޮފީހެކެވެ. މިހާރު މިއަތޮޅުގެ ވެރިކަންކުރާ ރަށަކީ ފޮނަދުއެވެ.
ކައުންސިލް މެމްބަރުން
އަތޮޅު ކައުންސިލްގެ މެމްބަރުންނަކީ ރައްޔިތުންގެ ޚިދުމަތުގައި މަސައްކަތްކުރުމަށް ވަޤުފުވެފައިވާ ޤާބިލު ބޭފުޅުންނެވެ
-
އިސްމާއިލް ޢަލީ
ހައްދުންމަތީ އަތޮޅު ކައުންސިލްގެ ރައީސް
-
އަޙުމަދު ރިޔާޟް
ކައުންސިލްގެ ނައިބްރައީސް، ފޮނަދޫ ކައުންސިލްގެ ރައީސް
-
އިބްރާހިމް ޝަމްޢޫން
ކައުންސިލް މެމްބަރު، ހިތަދޫ ކައުންސިލްގެ ރައީސް
-
އިބްރާހިމް ޝަކީބު
ކައުންސިލް މެމްބަރު، ކުނަހަންދޫ ކައުންސިލްގެ ރައީސް
-
އިބްރާހިމް މިމްރާހް
ކައުންސިލް މެމްބަރު، ދަނބިދޫ ކައުންސިލްގެ ރައީސް
-
އިބްރާހިމް ޚަލީލް
ކައުންސިލް މެމްބަރު، އިސްދޫ ކައުންސިލްގެ ރައީސް
-
ހަސަން ރަމީޒު
ކައުންސިލް މެމްބަރު، މާމެންދޫ ކައުންސިލްގެ ރައީސް
-
އަޙުމަދު ޒަކީ
ކައުންސިލް މެމްބަރު، ގަމު ކައުންސިލްގެ ރައީސް
-
އަޙުމަދު ޝިޔާމް
ކައުންސިލް މެމްބަރު، ކަލައިދޫ ކައުންސިލްގެ ރައީސް
-
އިބްރާހިމް ވިސާމް
ކައުންސިލް މެމްބަރ، މާބައިދޫ ކައުންސިލްގެ ރައީސް
-
އަޙުމަދު މޫސާ
ކައުންސިލް މެމްބަރު، މާވަށް ކައުންސިލްގެ ރައީސް
-
އާދަމް ނާޞިފް
ކައުންސިލް މެމްބަރު، މުންޑޫ ކައުންސިލްގެ ރައީސް