މަހޯލި

ލ.އަތޮޅު ކައުންސިލްގެ މައުލޫމާތު ލިބިގަތުން

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން އާއްމު ކުރާ މަޢުލޫމާތު

ދައުލަތުގެ އިދާރާއެއްގައިވާ މަޢުލޫމާތެއް ހޯދައި ލިބިގަތުމަކީ، މަޢުލޫމާތު ހޯދުމާއި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު (ޤާނޫނު ނަމްބަރ: 1/2014) ގައި ބަޔާންކޮށްފައިވާ އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތީން، އެކަމަށް އެދޭ ކޮންމެ މީހަކަށްމެ، ލިބިގެންވާ އަދި ތަންފީޒު ކުރެވޭނެ ޤާނޫނީ ޙައްޤެކެވެ. ޤާނޫނު ނަންބަރު 1/2014 މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 37 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަމިއްލަ އިސްނެގުމުގެ މަތިން ހާމަކުރަންޖެހޭ މަޢުލޫމާތު މިސަފްޙާގައި ހިމެނިފައިވާނެއެވެ.

ލ. އަތޮޅު ކައުންސިލްގެ ދައުރާއި ރައްޔިތުންނަށް ދެމުންގެންދާ ޚިދުމަތްތަކާއިގުޅޭ ތަފްސީލް

މަޢުލޫމާތު ހޯދުމަށްއެދި ހުށަހެޅުން

މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން މައުލޫމާތު ހޯދުމަށް އެދޭ ފޯމް މި ކައުންސިލްގެ ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ. މީގެ އިތުރުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ މައުލޫމާތު ހޯދަން އެދޭ ފޯމް މެދުވެރިކޮށްވެސް ހައްދުންމަތީ އަތޮޅު ކައުންސިލުން މައުލޫމާތު ހޯދުމަށް އެދި ހުށަހެޅުއްވޭނެއެވެ. އަދި މަހޯލި ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށްވެސް ހުށަހެޅުއްވޭނެއެވެ.

އަތޮޅު ކައުންސިލުން މަޢުލޫމާތަށް އެދުމުގައި ޢަމަލުކުރަންވީ ގޮތް

    icon
    އީމެއިލް

    ހައްދުންމަތީ އަތޮޅު ކައުންސިލުގެ މަސައްކަތާއި ބެހޭގޮތުން މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ، ބޭނުންވާ މަޢުލޫމާތުގެ ތަފްސީލު ބަޔާންކޮށް info@laamu.gov.mv އަށް މެއިލް ކުރުން

    icon
    ސިޓީ

    ހައްދުންމަތީ އަތޮޅު ކައުންސިލުގެ ރައީސް އަލްފާޟިލް އިސްމާޢީލް އަލީއަށް އެޑްރެސްކުރައްވާ، ބޭނުންވާ މަޢުލޫމާތު ހިމެނޭ ސިޓީއެއް ފޮނުވުން

    icon
    ފޯން

    ހައްދުންމަތީ އަތޮޅު ކައުންސިލުގެ މަސައްކަތާއި ބެހޭގޮތުން މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ 6800713 އާއި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރުން

ކައުންސިލަށް ޝަކުވާއާއި ޚިޔާލު ހުށަހެޅުން

ކައުންސިލްގެ ޚިދުމަތްތަކާއި، ކައުންސިލްގެ މުވައްޒަފުންނާއި ގުޅޭ ކަންކަމުގެ ޝަކުވާއާއި ޚިޔާލު ރައްޔިތުންނަށް ފޯރުކޮށްދެވޭނެއެވެ. އަދި ވިސްލް ބްލޯ ކުރަންބޭނުންވާނަމަ، ކާކުކަން ނޭނގޮތަށް އެކަން ކުރުމުގެ ފުރުޞަތުވެސްވަނީ ހުޅުވާލާފައެވެ..

އިންފޮމޭޝަން އޮފިސަރ

ޤާނޫނު ނަންބަރު 2014/01 މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 36 ވަނަ މާއްދާގެ (ހ) ގެ ދަށުން، ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާގެ އިންފޮމޭޝަން އޮފިސަރުގެ ގޮތުގައި ކަނޑައަޅުއްވާފައިވާ ފަރާތުގެ މަޢުލޫމާތު ތިރީގައިމިވަނީއެވެ.

team member

މޫނިސާ ޖައުހަރީ

ސީނިއަރ ކައުންސިލް އޮފިސަރ

ލ. އަތޮޅު ކައުންސިލް އިދާރާގެ މުރާޖަޢާ ކޮމިޓީ

މުރާޖައާ ކޮމިޓީއަކީ މަޢުލޫމާތު ހޯދުމާއި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ޢައްޔަން ކޮށްފައިވާ، އެ އިދާރާއެއްގެ ނުވަތަ އެ މުވައްސަސާއެއްގެ އިންފޮމޭޝަން އޮފިސަރަކު، މަޢުލޫމާތު ދިނުމަށް އިންކާރު ކުރުން ނުވަތަ ދެއްވި މަޢުލޫމާތު ފުރިހަމަނުވުން ނުވަތަ މަޢުލޫމާތު ދިނުމަށް ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި މަޢުލޫމާތު ނުދިނުން ފަދަ ކަންކަން ދިމާވުމުން ޝަކުވާ ހުށަހަޅަން އޮންނަ ކޮމިޓީއެކެވެ. ކޮމެޓީގެ މެމްބަރުން

އިދާރާއިން ގެންގުޅޭ ބަލަހައްޓާ މަޢުލޫމާތާއި، ލިޔެކިޔުންތައް ބެލެހެއްޓޭ ގޮތުގެ ތަފްޞީލު

ލ. އަތޮޅު ކައުންސިލްގެ އިދާރާއަށް ހާޑްކޮޕީގެ ގޮތުގައި ލިބޭ ލިޔުންތައް އެންޓްރީކޮށް ޖެމްސް މެދުވެރިކޮށް ބަލަހައްޓަމުން ގެންދެއެވެ.

މިއިދާރާގެ މަސައްކަތްތަކުގެ ތެރެއިން އުފެދޭ އަދި އުފައްދާ މައުލޫމާތުތައް އެކަމާބެހޭ ސެކްޝަނެއްގައި ރިކޯޑްކޮށް ބަލަހައްޓަމުން ގެންދެއެވެ. މިފަދައިން ލިޔުންތައް ކަރުދާހުގައާއި އިލެކްޓްރޯނިކްކޮށް، ފައިލް ސަރވަރތަކުގައާއި ޖެމްސް، ވިޔަ، އަދި ލޯމާގައި ބަލަހައްޓާ ރައްކާކުރެވިގެންދެއެވެ.

އިދާރާއިން ގެންގުޅެ ބަލަހައްޓާ މައުލޫމާތު

ކައުންސިލަރުންގެ މަސްޢޫލިއްޔަތާއި ވާޖިބުތައް

އިދާރީ އިސް މުވައްޒަފުންގެ މަސްޢޫލިއްޔަތާއި ވާޖިބުތައް

ރައްޔިތުންނަށް އޭގެ އަސަރެއް ފޯރާ ގޮތަށް ނިންމާފައިވާ ނިންމުންތަކާއި، އެ ނިންމުންތައް ނިންމާފައިވާ ސަބަބުތަކާއި އެ ނިންމުންތަކުން ދޭހަވާ މާނަކުރުންތަކާއި، އެކަމާ ގުޅޭ ފަސްމަންޒަރު އަންގައިދޭ ތަފްސީލް

ކައުންސިލުން ހިންގާ ކަންކަމާ ގުޅޭ ސިޔާސަތުތަކާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހުށަހަޅައި ސިޔާސަތަށް ފާޑުކިޔައި، ސިޔާސަތުތައް އެކަށައެޅުމުގައި ރައްޔިތުންނަށް ބާރު ފޯރުވޭނެ ގޮތް

މިކައުންސިލުން ކުރާ މަސައްކަތްތަކާއި، ދޭ ޚިދުމަތްތަކުގެ ތެރެއިން ޤާނޫނުގައި ވަކި ކަމެއް ވަކި ގޮތަކަށް ކުރުމަށް ކަނޑައަޅާފައިވާ ކަންކަން ފިޔަވައި އެހެން ކަންކަމާ ބެހޭ ގޮތުން ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވެއެވެ. ހިޔާލު ހުށަހެޅުމަށް އަމަލުކުރާނެ ގޮތް

ކައުންސިލަރުންނާއި މުވައްޒަފުންގެ މުސާރައާއި އެހެނިހެން އެލަވަންސް

<"embed src="https://laamu.gov.mv/storage/app/media/Musaara.pdf#toolbar=0" width="100%" height="600px"/>

    އިދާރާއިން ނިންމާ ނިންމުންތައް ނިންމުމަށް އޮންނަ މަރުހަލާ ނުވަތަ ގޮތާއި ޒިންމާ އުފުލުމަށް އޮންނަ ހަމަތަކާއި ބެލެހެއްޓުން ރޭވިފައިވާ ގޮތް

  • އިދާރީ ދާއިރާގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ދެނެގަނެ އެކަންކަން މައިސަރުކާރާއި ހިއްސާކުރުމާއި ކައުންސިލްތަކުގެ ފެންވަރުގައި ކުރެވެންހުރި ކަންކަމަށް ބޭނުންވާ ބަޖެޓް ހިމެނުމާއި ބޭނުންވާ ވަސީލަތްތައް ހޯދައި، އެކަމާއި ގުޅޭޕްލޭންތައް އެކުލަވާލައި ތަންފީޒުކުރުމުގެ މަސައްކަތްކުރުން

  • މިކައުންސިލްގެ އިދާރާއާއި ރަށުކައުންސިލްތަކުގެ ހިންގުން ހަރުދަނާކުރުމަށް ބޭނުންވާ ކަންކަން ދަނެގަނެ، އެކަންކަމަށް ބަޖެޓް ހިމެނުމާއި ބޭނުންވާ ވަސީލަތްތައް ބޭނުންވާ މިންވަރަށް ފޯރުކޮށްދިނުމަށްޓަކައި އެކަމާ ބެހޭ ދިރާސާކޮށް ޕްލޭންކުރުމުގެ މަސައްކަތްތައް ކުރުން

  • ސެކްޝަންތަކަށް ބޭނުންވާ އިދާރީ ކަންކަމުގެ ރިކުއެސްޓް ލިބުމާއެކު އެކަމާ ގުޅޭ ސެކްޝަންތަކުން އެދިފައިވާ ހިދުމަތް ދިނުމުގެ މަސައްކަތްކުރިއަށް ގެންދިއުން

  • ހިދުމަތްތައް ފޯރުކޮށްދިނުމަށްފަހު އެކަން ފުރިހަމަވެފައިވާ މިންވަރު ބަލައި، އެކަށީގެންވާ ފިޔަވަޅުތައް އެޅުން

    އިދާރާ ޒިންމާދާރުކުރުވުން ރޭވިފައިވާ ގޮތް

  • ދިވެހިރާއްޖޭ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން ހައްދުންމަތީ އަތޮޅު ކައުންސިލުން ޖަވާބުދާރީވެ ރިޕޯޓް ކުރާ ރަސްމީ ފަރާތަކީ ލޯކަލް ގަވަރުމަންޓް އޮތޯރިޓީއެވެ. އަދި މީގެ އިތުރުން އެ މާއްދާގެ (ބ) ގައިވާ ގޮތުގެމަތިން އިދާރީ ދާއިރާގެ ރައްޔިތުންނަށް ޖަވާބްދާރީވެއެވެ.

  • މިއިދާރާގެ ކޮންމެ މުވައްޒަފަކީވެސް އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫން (7/2010)ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މިކައުންސިލްގެ މަސައްކަތްތައް، ސިވިލްސަރވިސް ޤާނޫނާއި، ސިވިލްސަރވިސް ޤަވާޢިދުގެ ކޯޑްއޮފް ކޮންޑަކްޓާއި އެއްގޮތްވާގޮތުގެ މަތިން ކުރުމަށް އެއްބަސްވެ ކޮންޓްރެކްޓެއްގައި ސޮއިކޮށްފައިވާ މުވައްޒަފެކެވެ.

  • ކޮންމެ މުވައްޒަފެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް ވަޒީފާބަޔާނެއްގައި ލިޔެ، މުވައްޒަފާއި އެމުވައްޒަފެއްގެ މަސައްކަތް ސްޕަވައިޒްކުރާ ސްޕަވައިޒަރު ސޮއިކޮށް މަސައްކަތް ޙަވާލުކުރެވިފައިވެއެވެ. އަދި އެމުވައްޒަފަކާއި ޙަވާލުކުރެވިފައިވާ މަސައްކަތްތައް ބަރާބަރަށް ކުރޭތޯ ސްޕަވައިޒަރ ބަލައި، ރަނގަޅުކުރަން ޖެހޭ ކަމެއްވާނަމަ އެކަމެއްގެ އިރުޝާދު މުވައްޒަފަށް ދުވަހުން ދުވަހަށް ދެމުންގެންދެއެވެ.

  • މުވައްޒަފުން މަސައްކަތް ކުރާގޮތުގެ ފެންވަރު ބެލުމަށް ސިވިލްސަރވިސް ކޮމިޝަނުން ކަނޑައަޅުއްވާފައިވާ އުޞޫލްތަކާއި އެއްގޮތްވާގޮތުގެ މަތިން މުވައްޒަފުންގެ ޕަރފޯމަންސް އެޕްރައިޒަލް އަހަރަކު އެއްފަހަރު ފުރިހަމަކުރެވެއެވެ.

  • ދިވެހިރާއްޖޭ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 106 ވަނަ މާއްދާގެ ގައިވާ ގޮތުގެމަތިން ހައްދުންމަތީ އަތޮޅު ކައުންސިލުން ލޯކަލް ގަވަރުމަންޓް އޮތޯރިޓީއަށް ހުށަހަޅަންޖެހޭ ތިރީގައިމިވާ ލިޔުންތައް ހުށަހަޅަމުންގެންދެއެވެ.

  1. ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 10 ވަނަ ދުވަހުގެ ކުރިން، އެއަހަރެއްގެ ފުރަތަމަ 6 (ހައެއް) މަސްދުވަހު ކައުންސިލުން ހިންގި ޙަރަކާތްތަކުގެ ތަފްސީލު ރިޕޯޓު
  2. ކޮންމެ އަހަރެއްގެ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުގެ ކުރިން، ފާއިތުވި އަހަރު ކައުންސިލުން ހިންގި ޙަރަކާތްތަކުގެ ތަފްސީލު ރިޕޯޓު.
  3. ކޮންމެ އަހަރެއްގެ ޖުލައި މަހުގެ ނިޔަލަށް ރަށު ތަރައްޤީގެ ޕްލޭނަށް ބިނާކޮށް، ކުރިއަށްއޮތް އަހަރުގެ މަސައްކަތު ތާވަލާއި ބަޖެޓު.
  4. ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުގެ ކުރިން، ކައުންސިލްގެ ފާއިތުވި އަހަރުގެ އޮޑިޓް ރިޕޯޓު.
  5. ޢަމަލުކުރަމުންދާ ތަރައްޤީގެ ޕްލޭންގެ މުއްދަތު ހަމަވުމުގެ 3 (ތިނެއް) މަސްދުވަސް ކުރިން، ޤައުމީ ތަރައްޤީގެ ޕްލޭނަށް އަމާޒުކޮށް ކުރިއަށް އޮތް 5 (ފަހެއް) އަހަރު ދުވަހަށް ތައްޔާރުކުރާ ތަރައްޤީގެ ޕްލޭން.
  • ކައުންސިލުން ނިންމާ ނިންމުންތައް، ޤާނޫނުތަކާއި، ޤަވާޢިދުތަކާއި، ކައުންސިލްގެ އެސް.އޯ.ޕީ އާއި، ކައުންސިލުން ކަނޑައަޅާފައިވާ އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ތަންފީޒު ކުރެވެމުންދާކަން ކަށަވަރުކުރުމަށް ތިރީގައިމިވާ ކަންކަން ކުރަމުންގެންދެއެވެ.

  1. ލޯކަލް ގަވަރމެންޓް އޮތޯރިޓީން ކުރިއަށް ގެންދާ މޮނިޓަރިން
  2. އަތޮޅު ތަރައްޤީގެ ޕްލޭނަށް ޢަމަލީ ސިފަ އަންނަމުންދާގޮތުގެ ރިޕޯޓް
  3. ސިވިލްސަރވިސް ކޮމިޝަނުން ކުރިއަށް ގެންދާ ޕާފޯރމެންސް އޮޑިޓް
  4. އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅާ އަހަރު ރިޕޯޓް
  5. ކައުންސިލްގެ އިންޓަރނަލް އޮޑިޓް
  6. އޮޑިޓަރ ޖެނެރަލްގެ އޮފީހުން ކުރިއަށްގެންދާ އޮޑިޓް