މި ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ލާމަސީލުލާމު ފުޓްބޯޅަ މުބާރާތް ލ.ގަމު ޒޯން ސްޓޭޑިއަމްގައި މާދަމާ ފެށޭނެއެވެ. ލާމަސީލުލާމު ފުޓްބޯޅަ މުބާރާތަކީ، ލ.އަތޮޅުގެ ކުލަބް ޖަމްޢިއްޔާތަކަށް ހުޅުވާލައިގެން ބާއްވާ މުބާރާތެކެވެ. މި އަހަރުގެ މުބާރާތުގައި އަތޮޅުގެ 4 ރަށަކުން 7 ކުލަބް ޖަމްޢިއްޔާއިން ބައިވެރިވެފައިވެ އެވެ. މުބާރާތުގައި ބައިވެރިވެފައިވަނީ ދަނބިދޫ، މުންޑޫ، ގަން އަދި ފޮނަދޫއެވެ. އޯގަސްޓްމަހުގެ 1ން 15ށް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ މެޗެއް ކޮންމެ ދުވަހަކުވެސް ހަވީރު ލ.ގަމު ޒޯން ސްޓޭޑިއަމްގައި ކުރިޔަށްދާނެ އެވެ.
ޗެމްޕިއަން ޓީމަށް -/50000ރ. އަދި ރަނައަޕް ޓީމަށް -/30000ރ. ދިނުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ މެޗްތައް ލާމު އެމްވީން ލައިވް ކުރަމުން ގެންދާނެ އެވެ. މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ ވަން އޮންލައިން އެވެ.