ލާމަސީލުލާމު ޒުވާނުންނާއި ކުލަބް ޖަމްޢިއްޔާތަކުގެ މަހާސިންތާ ބާއްވައިފި

media cover
Share on :

ލާމަސީލުލާމު ޒުވާނުންނާއި  ކުލަބް ޖަމްޢިއްޔާތަކުގެ މަހާސިންތާ  2025 ސެޕްޓެމްބަރ 4 އިން 6 އަށް ލ. ފޮނަދޫގައި  ކުރިއަށް ގެންދެވުނެވެ. މި މަހާސިންތާގައި އަތޮޅުގެ 10 ރަށަކުން 74 މީހުން ބައިވެރި ވެފައިވެއެވެ.

މި މަހާސިންތާގައި ދީނީ ހޭލުންތެރިކަމާގުޅޭ މަޢުލޫމާތާއި ލީޑަރޝިޕާގުޅޭ މަޢުލޫމާތުގެ އިތުރުން ވޮލަންޓިއަރިޒަމާގުޅޭ މަޢުލޫމާތު އަދި ކުލަބް ޖަމްޢިއްޔާތަކަށް މާލީއެހީ ހޯދޭނެ ގޮތްގޮތާއި ޕްރޮޕޯސަލް ތައްޔާރުކުރުމާ ގުޅޭގޮތުން މަޢުލޫމާތު  ދެވިފައިވެއެވެ. މި މަހާސިންތާގެ މަޤުސަދަކީ މުޖުތަމަޢުގައި ޖަމްޢިއްޔާތަކާއި  ޒުވާނުންގެ ދައުރު ފުޅާކޮށް ތަރައްޤީގެ ކަންކަމުގައި އެ ފަރާތްތަކުގެ ބައިވެރިވުން ހޯދުމެވެ. މި މަހާސިންތާއަކީ އަތޮޅު ކައުންސިލުން ކޮންމެ އަހަރަކުވެސް ކުރިޔަށް ގެންދާ މަހާސިންތާއެކެވެ.