ލ. އަތޮޅުގެ ކާރިސާގެ ކަންކަން ބެލެހެއްޓުމުގެ ޕްލޭން ވެލިޑޭޓް ކުރުމުގެ ބައްދަލުވުމެއް ބާއްވައިފި
ލ. އަތޮޅުގެ ކާރިސާގެ ކަންކަން ބެލެހެއްޓުމުގެ ޕްލޭން ވެލިޑޭޓް ކުރުމުގެ ގޮތުން ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރާއި ޔުނިސެފްއަދި މި ކައުންސިލް ގުޅިގެން މިއަތޮޅު ފޮނަދޫގައި 2018 އޭޕްރީލް 14 ވަނަ ދުވަހު ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި ލ.އަތޮޅުގެ ރަށު ކައުންސިލްތަކާއި، އަތޮޅު ކައުންސިލާއި، އެމް.އެން.ޑީ.އެފް ސެންޓްރަލް އޭރިޔާއާއި، ލ.ގަން ޕޮލިސް ސްޓޭޝަން އަދި ކައްދޫ އެއާޕޯޓްސް އިން ބައިވެރިވެފައިވެއެވެ.
މި ބައްދަލުވުމުގައި އަތޮޅު ފެންވަރުގައި ހާދިސާ އަދި ކާރިސާއަށް އިޖާބަ ދިނުން ރޭވިފައިވާ ގޮތާއިމެދު މަޝްވަރާކޮށް، ހާދިސާ އަދި ކާރިސާއަށް އިޖާބަ ދިނުމުގެ މަސައްކަތް އަތޮޅު ފެންވަރުގައި ކުރިއަށް ގެންދިއުމުގައި މަސައްކަތްތައް ގެންދާނެ ގޮތުގެ އެކްޝަން ޕްލޭން ތައްޔާރުކޮށްފައިވެއެވެ.