މަދަނީ ޖަމްޢިއްޔާތައް ބާރުވެރިކުރުމަށާއި އަތޮޅުގެ ޒުވާނުންނާއި ޖަމްޢިއްޔާތަކުގެ ދައުރު މުޖުތަމަޢުގައި ފުޅާކުރުމަށާއި ޖަމްޢިއްޔާތަކާއި، ޒުވާނުންނަށް ބޭނުންވާ ހުނަރާއި މަޢުލޫމާތު އިތުރުކުރުމުގެ މަޤްޞަދުގައި 2025 ސެޕްޓެމްބަރ 4ން 6ށް ލާމަސީލުލާމު ޒުވާނުންނާއި ކުލަބް ޖަމްޢިއްޔާތަކުގެ މަހާސިންތާއެއް ލ.ފޮނަދޫގައި ބޭއްވުމަށްވަނީ ހަމަޖެހިފަ އެވެ. މި މަހާސިންތާގައި އަތޮޅުގެ ހުރިހާ ރަށަކުން ޖުމްލަ 115މީހުން ބައިވެރިވާނެ އެވެ. މި މަހާސިންތާގައި ދީނީ މަޢުލޫމާތާއި، ޕްރޮޕޯސަލް ތައްޔާރުކުރުމާއި ޖަމްޢިއްޔާތަކަށް މާލީއެހީ ހޯދުމާއި ލީޑަރޝިޕާގުޅޭ މަޢުލޫމާތު ފޯރުކޮށްދެވޭނެ އެވެ. މި ސެޝަންތައް ނަންގަވައިދެއްވާނީ ކަމާގުޅޭ ދާއިރާތަކުގެ ފަންނީ ބޭފުޅުންނެވެ.