އިހައްދުންމަތީ ޝަރަފްވެރިކަމުގެ އެވޯޑަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި – Hahdhunmathi Atoll Council

އިހައްދުންމަތީ ޝަރަފްވެރިކަމުގެ އެވޯޑަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

ލ. އަތޮޅުގައި ޢިލްމީ ގޮތުން ޤާބިލް ޖީލެއް އުފައްދައި، އަތޮޅުގެ ސްކޫލްތަކުގައި ކިޔަވައި ދެއްވާ މުދައްރިސުންނަށާއި، ދަރިވަރުންގެ މެދުގައި ކިޔެވުމާއި ކިޔަވައިދިނުމުގެ ރޫޙް އިތުރުކޮށް ރަށުފެންވަރުގައާއި، އަތޮޅު ފެންވަރުގައާއި، ޤައުމީ ފެންވަރުގައި، އަދި ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ ވަނަތައް ހޯދުމަށް ވާދަ ކުރުމުގެ ރޫޙެއް އުފައްދައި އަދި އެފަދަ ތަނަވަސް މާޙައުލެއް ލ. އަތޮޅުގައި ޤާއިމްކުރުމަށާއި، ޤައުމީފެންވަރުގައި އާއި އަތޮޅު ފެންވަރުގައި އަދި ރަށުފެންވަރުގައި ފާހަގަކުރެވޭ ޚިދުމަތްތެރިންނާއި ލ.އަތޮޅަށް ރީތިނަން ހޯދައިދީފައިވާ ފަރާތްތަކުގެ އަގުވަޒަންކޮށް ހިތްވަރުދިނުމާއި، އެފަދަ ފަރާތްތަކުގެ މެދުގައި ވާދަވެރި ރޫޙެއް އުފެއްދުމުގެ މަގުސަދުގައި ބާއްވަމުންގެންދާ އެވޯޑް ޙަފްލާއެކެވެ.

އިހައްދުންމަތީ ޝަރަފްވެރިކަމުގެ އިނާމް  ދިނުމުގެ ސިޔާސަތުގެ ދަށުން ދިނުމަށް ހަމަޖެހިފައިވަނީ ތިރީގައި މިވާ ދާއިރާތަކުންނެވެ.

ޝަރަފްވެރިކަމުގެ އިނާމް (ޤައުމީ ފެންވަރު)

ހ. “އަތޮޅުގެ ތޫނުފިލި ދަރިވަރު”BRILLIANT STUDENT   – ޖީ.ސީ.އީ އޯ ލެވެލް ބައި

ށ. “އަތޮޅުގެ ތޫނުފިލި ދަރިވަރު”  – BRILLIANT STUDENT  އެޑެކްސަލް އޭ ލެވެލް ބައި

ޝަރަފްވެރިކަމުގެ އިނާމް (ދުނިޔޭގެ ފެންވަރު)

ހ. “އަތޮޅުގެ ޝަރަފްވެރި ދަރިވަރު”HONOURED STUDENT   – ޖީ.ސީ.އީ އޯ ލެވެލް ބައި

ށ. “އަތޮޅުގެ ޝަރަފްވެރި ދަރިވަރު”  – HONOURED STUDENTއެޑެކްސަލް އޭ ލެވެލް ބައި

އިހައްދުންމަތީ ރަން ތަރި

މި އިނާމު ލިބޭނީ ރާއްޖެ އާއި ރާއްޖޭން ބޭރުގެ ޔުނިވަރސިޓީ/ކޮލެޖު ފަދަ ތަންތަނުން މަތީ ތަޢުލީމް ޙާސިލްކުރާ، މާސްޓަރސްއިން ފެށިގެން މަތީގެ ކޯހެއްގައި ކިޔަވާ ދަރިވަރުންގެ ތެރެއިން ޝަރަފުވެރި ވަނައެއް ހޯދާ ފަރާތްތަކަށާއި، ޤްރުއާން ހިތުދަސްކޮށް ޙާފިޒްކަން ފުރިހަމަކުރާ ޝަރަފްވެރިންނަށް.

ސްކޫލްތަކަށް ދެވޭ އިނާމް

ހ. “އައްޝައިޙް އެދުރު ޢުމަރު މާފަތް ކަލޭގެފާނު އެވޯޑު”

ށ. “އަލްޚަތީބު މުޙައްމަދު ސިރާޖުއްދީން އެވޯޑު”

ނ. “އައްޝައިޙް ޙަސަން ތާޖުއްދީން އެވޯޑު”

މުދައްރިސުންނަށް ދެވޭ އިނާމް

“އަތޮޅުގެ ކާމިޔާބް އެދުރު” EXCELLENT TEACHER

 

ހިތްވަރު ދިނުމުގެ އިނާމް (ދާއިރާތައް)

ދީނިހޭލުންތެރިކަން އިތުރުކުރުމާއި، ދީނީ ޢިލްމު އުނގެނުމާއި އުނގަންނައިދިނުމުގެ ދާއިރާ.

ދިވެހިބަހާއި އަދަބިއްޔާތު އަދި ތާރީހަށް ޚިދުމަތްކުރުމުގެ ދާއިރާ

ތަޢުލީމީ ދާއިރާ

ޞިއްޙީ ދާއިރާ / ހަކީމީ ބޭސްވެރިކަން

ތިމާވެށީގެ ދާއިރާ

މަސްވެރިކަމުގެ ދާއިރާ

ފަތުރުވެރިކަމުގެ ދާއިރާ

ދަނޑުވެރިކަމުގެ ދާއިރާ

ވިޜުއަލް އާޓްސްގެ ދާއިރާ

އިޖްތިމާޢީ ޚިދްމަތުގެ ދާއިރާ

ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ދާއިރާ

ޕަރފޯމިންގ އާޓްސް ދާއިރާ

އިމާރާތްކުރުމުގެ ދާއިރާ

އިމާރާތްކުރުމުގެ ދާއިރާ

ދަތުރުފަތުރުގެ ދާއިރާ

ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާ

ކުޅިވަރުގެ ދާއިރާއި މުނިފޫހިފިލުވުމުގެ ދާއިރާ

އެންމެ ޚިދުމަތްތެރި ކްލަބް/ޖަމިއްޔާ

އެންމެ ހަރަކާތްތެރި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ

އެންމެ ޚިދުމަތްތެރި ރަށުކައުންސިލް

އެވޯޑަށް އެދި ފޯމް ހުށަހެޅުމުގެ ސުންގަޑިއަކީ 2017 އޮކްޓޫބަރު 31 ވާ އަންގާރަ ދުވަހުގެ 14:00 އެވެ. އެވޯޑަށް އެދި ހުށަހަޅާ ފޯމް މިކައުންސިލުންނާއި، ރަށު ކައުންސިލްގެ އިދާރާތަކުން ލިބެން ހުންނާނެއެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް 7793303 ނުވަތަ 7999014 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

 

[gview file=”https://laamu.gov.mv/wp-content/uploads/2017/10/IUL240-CA-240-2017-48.pdf”]

 

Leave a Reply

Your email address will not be published. Required fields are marked *