އެމްއެންޔޫއެސްޔޫ އަހުރަ ގޮފީގެ ހޭންޑްބޯޅަ މުބާރާތުގައި ލ. އަތޮޅު ކައުންސިލުގެ ޓީމު “ކަނބަލުން” ކުއަރޓަރ ފައިނަލަށް ދަތުރުކޮށްފި.
މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ ސްޓޫޑަންޓްސް ޔޫނިއަން (އެންމެންޔޫއެސްޔޫ) ލ. ގަމުގެއަހުރަ ގޮފިން އިންތިޒާމުކޮށްގެން ގަން ފޮނަދޫގެ ސަރުކާރު މުއައްސަސާތުގެ ކަނބަލުންނަށް ހާއްސަކޮށްގެން ލ. ގަމުގައި ފަށާފައިވާ ހޭންޑްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ އެއްވެސް މެޗަކުން ބަލިނުވެ ކުއަރޓަރ ފައިނަލަށް މިކައުންސިލްގެ “ކަނބަލުން” ޓީމް ދަތުރުކޮށްފިއެވެ.
ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗްގައި ލ. އަތޮޅު ތަޢުލީމީ މަރުކަޒާއި ބައްދަލުކޮށް 9-0 މޮޅުވީ މިކައުންސިލްގެ “ކަނބަލުން” ޓީމެވެ. މެޗްގެ މޮޅު ކުޅުންތެރިޔަކީ “ކަނބަލުން” ޓީމްގެ ޖާޒީ ނަންބަރު 9 ޙައްވާ މިޒުނާއެވެ.

ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗްގައި ލ. ގަން ކައުންސިލާއި ބައްދަލުކޮށް 4-2 މޮޅުވީ މިކައުންސިލްގެ “ކަނބަލުން” ޓީމެވެ. މެޗްގެ މޮޅު ކުޅުންތެރިޔަކީ “ކަނބަލުން” ޓީމްގެ ޖާޒީ ނަންބަރު 11 މަރިޔަމް ރަޝީދާއެވެ.

ކުއަރޓަރ ފައިނަލް މެޗް އޮންނާނީ 25 އޮކްޓޯބަރ 2017 ވަނަ ދުވަހުގެ 21:00 ގައެވެ. ކުއާޓަރ ފައިނަލްގައި ބައްދަލުކުރާ ޓީމެއް އެނގޭނީ މިރޭ (24 އޮކްޓޯބަރ 2017) ގެ މެޗްގެ ނަތީޖާ ނިކުންނަ ގޮތަކުންނެވެ.
މި މަހުގެ 19 އިން 28 އަށް ކުރިއަށްގެންދާ މި މުބާރާތުގެ މަގްސަދަކީ އެމްއެންޔޫ ގަން ކެމްޕަހާއި އަހުރަ ގޮތްޕަކީ އަތޮޅުގެ އެންމެން ދަންނަ އެންމެންނާ ގާތް ގުޅުމެއް އޮންނަ ތަނަކަށް ހެދުމާއި އެމްއެންޔޫ ގަން ކެމްޕަހުގައި އޮންނަ ކޯސްތަކަކީ ބައިވެރިންނަށް އުފާވެރި މާހައުލަކަށް ހެދުން ވެސް އެ މުބާރާތް ބޭއްވުމުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.
މުބާރާތުގައި ބައިވެރިވެފައިވަނީ މުކުރިމަގު ސްކޫލް، އިހައްދޫ ސްކޫލް، ހަމަދް ބިން ހަލީފާ އަލް ތާނީ ސްކޫލް، ލ. ގަން ހޮސްޕިޓަލު، ދިރާގް ލ. އޮޕަރޭޝަން ސެންޓަރ، ގަން ކައުންސިލް، ގަން އަންހެނުންގެ ކޮމިޓީ، އެމްއެންޔޫ ގަން ކެމްޕަސް، ކައްދޫ އެއަރޕޯޓްސް ކޮމްޕެނީ، ބައްރު ޕްރީ ސްކޫލް، ޕަބްލިކް ވަރކްސް ސަރވިސް، ފެނަކަ ލ. ފޮނަދޫ ބްރާންޗް، އެސްޓީއޯ ލ. ފޮނަދޫ ފިހާރަ، އަތޮޅު ކައުންސިލް އަދި ލ. އަތޮޅު ތައުލީމީ މަރުކަޒެވެ.
މުބާރާތުގައި 15 ޓީމަކުން ބައިވެރިވެފައިވާ އިރު މުޅި މުބާރާތުގައި ޖުމްލަ 30 މެޗު ކުޅެވޭނެއެވެ. ފައިނަލް މެޗް އޮންނާނީ 28 އޮކްޓޯބަރ 2017 ވަނަ ދުވަހުގެ 16:00 ގައެވެ.
