ދިވެހިރާއްޖެ ޔުނެސްކޯ ބަޔޮސްފިޔަރ ރިޒާވަކަށް ހެދުމާބެހޭ މައުލޫމާތު ސެޝަނެއް ބާއްވައިފި

ދިވެހިރާއްޖެ ޔުނެސްކޯ ބަޔޮސްފިޔަރ ރިޒާވަކަށް ހެދުމާއިބެހޭ ގޮތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އާއި މި ކައުންސިލާއި ގުޅިގެން މިއަތޮޅު ފޮނަދޫގައި މިއަދު މައުލޫމާތު ސެޝަންއެއް ބާއްވައިފިއެވެ.

މި މައުލޫމާތު ސެޝަނަކީ ދިވެހިރާއްޖެ ޔުނެސްކޯ ބަޔޮސްފިޔަރ ރިޒާވަކަށް ހެދުމަށް ” މޭން އެންޑް ބަޔޮސްފިޔަރ ރިޒާވް ޕްރޮގްރާމް” އަށް ހުށަހެޅުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އިން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން، މި ކަމުގެ މައުލޫމާތު ވީހާވެސް ގިނަ ފަރާތްތަކަކާ ހިއްސާކުރުމުގެ މަޤްސަދުގައި ކުރިއަށްގެންދެވޭ މައުލޫމާތު ސެޝަނެކެވެ. މި މައުލޫމާތު ސެޝަންގައި މި އަތޮޅުގެ ރަށްރަށުގެ ކައުންސިލް މެމްބަރުންނާއި، ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންނާއި، އަންހެންގެ ކޮމިޓީ އާއި ދަނޑުވެރިކަމާއި، މަސްވެރިކަމުގެ ދާއިރާ އަދި ޓުއަރިޒަމްގެ ދާއިރާއިން ބައިވެރިވެފައިވެއެވެ.

މި ސެސަންގައި ބަޔޮސްފިޔަރ ރިޒާވަކީ ކޮބައިކަން ކިޔައިދިނުމުގެ އިތުރުން ބަޔޮސްފިޔަރ ރިޒާވަކަށް ދިވެހިރާއްޖެ ހެދުމާ ގުޅޭގޮތުން ބައިވެރިންގެ ހިޔާލު ހޯދިފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *