ލ.އަތޮޅު މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމެއް ފަށައިފި
ލ.އަތޮޅު މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ. މި ޕްރޮގްރާމަކީ ލ.އަތޮޅު ކައުންސިލުން އިސްނަގައިގެން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި ލާމު އެޑްވާންސް މޫވްމަންޓާއި ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގައި ދަރުސްދެއްވަނީ އައްޝައިޚް މުހައްމަދު ރަޝީދު އިބްރާހީމް ރަޝީދާއި، އައްޝައިޚް އަބްދުލް ފައްތާހް އަބްދުލް ހަމީދެވެ.

ފާއިތުވި ރަމަޟާން މަހުވެސް އަތޮޅު ކައުންސިލުން ލާމު އެޑްވާންސް މޫވްމަންޓާ ގުޅިގެން އަތޮޅުގެ ހުރިހާ ރަށެއްގައި ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމެއް ވަނީ ހިންގާފައެވެ.