އަތޮޅު ކައުންސިލްގެ މުވައްޒަފުންނަށް އަމާޒުކޮށްގެން މޯޓިވޭޝަން ރަނގަޅުކުރުމާއި ގުޅޭ ތަމްރީން ޕްރޮގްރާމެއް ބާއްވައިފި

އަތޮޅު ކައުންސިލްގެ މުވައްޒަފުންނަށް އަމާޒުކޮށްގެން މޯޓިވޭޝަން ރަނގަޅުކުރުމާއި ގުޅޭ 06 ގަޑިއިރުގެ ތަމްރީން ޕްރޮގްރާމެއް ނޮވެންބަރު 03 ވަނަ ދުވަހު ކައުންސިލްގެ އެދުރު އުމަރު މާލަމުގައި ބާއްވައިފިއެވެ. މިތަމްރީން ޕްރޮގްރާމްގައި މި ކައުންސިލްގެ 27 މުވައްޒަފުން ބައިވެރިވެފައިވެއެވެ.

މިޕްރޮގްރާމްގެ މަގުސަދަކީ ކައުންސިލުން ދޭ ހިދުމަތްތައް އަވަސްކޮށް ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމެވެ. މި ޕްރޮގްރާމްގައި މައުލޫމާތު ދީފައިވާ ބައިތަކަކީ ކޮމިޔުނިކޭޝަން، ސްޓްރެސް މެނޭޖްމަންޓް، ޓީމް ބިލްޑިންގ، އިންޓަރ ޕާސަނަލް ކޮމިޔުނިކޭޝަން، ކޮންފްލިކްޓް މެނޭޖްމަންޓް، ޑިޒިޝަން މޭކިންގ އަދި މެންޓަލް ވެލްބީންގ އިން ވޯރކް ޕްލޭސް އެވެ. ކުރިއަށް އޮތްތާގައިވެސް ކައުންސިލުން މުވައްޒަފުންނަށް އަމާޒުކޮށްގެން މިފަދަ ޕްރޮގްރާމްތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

Leave a Reply

Your email address will not be published. Required fields are marked *