ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހީމް މުޙައްމަދު ޞާލިޙް އާއި އެމަނިކްފާނުގެ އަނބިކަނބަލުން ހައްދުންމައްޗަށް ވަޑައިގަންނަވައިފި

ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާޙީމް މުހައްމަދު ޞާލިހް އާއި އެމަނިކްފާނުގެ އަނބިކަނބަލުން ފަޒްނާ އަޙުމަދު މިއަދު މެންދުރުފަހުގެ ވަގުތެއްގައި ހައްދުއްމައްޗަށް ވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ކައްދޫ އެއަރޕޯޓަށް ފައިބައިވަޑައިގެންނެވުމާއެކު އަތޮޅުގެ ރަށްޔިތުންގެ ފަރާތުން ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައިވެއެވެ.

މިދަތުރުފުޅަކީ ލ.ގަމުގައި ޓީ.އެފް.ޖީ އިން ޖަނަވަރީ 25 ން 26 އަށް ބާއްވާ މެރަތަން ދުވުން ރަސްމީކޮށް ފައްޓަވައިދެއްވުމަށާއި، ދުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. އެމަނިކްފާނުގެ މިދަތުރުފުޅުގައި ލ.ގަމުގެ ޒޯން ސްޓޭޑިއަމް އާއި ޔޫތު ސެންޓަރ ބައްލަވާލައްވާ ގަމު ކައުންސިލާއި، ގަމުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާއި ބައްދަލުކުރުމުގެ އިތުރުން އަތޮޅު ކައުންސިލާއި، ފޮނަދޫގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާއި ލ.ގާދޫން ފޮނަދުއަށް ބަދަލުވެފައިވާ ފަރާތްތަކާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.