ފިޝަރީޒް މިނިސްޓަރ އަލްފާޟިލާ ޒަހާ ވަހީދު ހައްދުންމައްޗަށް ވަޑައިގަންނަވައިފި

ފިޝަރީޒް މިނިސްޓަރ އަލްފާޟިލާ ޒަހާ ވަހީދު މިއަދު މެންދުރުގެ ވަގުތެއްގައި ހައްދުއްމައްޗަށް ވަޑައިގެންފިއެވެ. އެކަމަނާގެ މިދަތުރުފުޅުގައި ވަރލްޑް ބޭންކްގެ އިސްވެރިން ހިމެނޭ ޓީމަކާއި،ފިޝަރީޒް މިނިސްޓްރީގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންފައިވެއެވެ.

މިނިސްޓަރގެ މިދަތުރުފުޅަކީ ލ.އަތޮޅުގައި މަސްވެރިކަމުގެ ސިނާއަތުގެ ދަށުން ހިންގާ މަޝްރޫޢުތައް (މެރިކަލްޗަރ ކުރާ ތަންނަނާއި، މަސް ފެކްޓްރީތައް) ކުރިއަށްދާގޮތް ބައްލަވާލެއްވުމަށްޓަކައި ކުރައްވާ ދަތުރުފުޅެކެވެ. އެކަމަނާގެ މިދަތުރުފުޅުގައި ލ.ގަން، ފޮނަދޫ، މާބައިދޫ، އިސްދޫ، ކަލައިދޫ، ދަނބިދޫ އަދި މާންދުއަށް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.