އަތޮޅު ކައުންސިލާއި ސިވިލްސަރވިސް ޓްރެއިނިންގ އިންސްޓިއުޓާއި ގުޅިގެން ކައުންސިލްތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ބިޑް އިވެލުއޭޝަން އެންޑް ޕްރޮކިއުމެންޓް ޓްރެއިންގ އަދި އިންޓަރނަލް އޮޑިޓިންގ ޓްރެއިނިން ޕްރޮގްރާމެއް ކުރިއަށްގެންދިއުން

ހައްދުންމަތީ އަތޮޅު ކައުންސިލާއި ސިވިލްސަރވިސް ޓްރޭނިން އިންސްޓިއުޓާއި ގުޅިގެން ބިޑް އިވެލުއޭޝަން އެންޑް ޕްރޮކިއުމެންޓް ޓްރެއިންގ އަދި އިންޓަރނަލް އޮޑިޓިންގ ޓްރެއިނިން އާއި ބެހޭ ޕްރޮގުރާމެއް މިއަދު 10:00 ން ފެށިގެން ލ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ޓީ.އާރ.ސީ ހޯލްގައި ކުރިޔަށް އެބަދެ އެވެ. މިއަދުންފެށިގެން މިމަހުގެ 27 ވަނަ ދުވަހާހަމައަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ޓްރައިނިން ޕްރޮގުރާމްގެ ބޭނުމަކީ ސަރުކާރުގެ މާލިއްޔަތު ގާނޫނާއެއްގޮތައް ޕްރޮކިއުމެންޓް މަސައްކަތާއި އަދި އިންޓަރނަލް އޮޑިޓިންގެ މަސައްކަތް ކުރުމަށް އަހުލުވެރިކުރުމާއި މުވައްޒަފުން އިތުރަށް ތާޒާކުރުމެވެ. މި ޓްރޭނިންގ ޕްރޮގުރާމުގައި ބައިވެރިކޮށްފައިވަނީ އަތޮޅުކައުންސިލްގެ ޕްރޮކިއުމެންޓުގައި މަސައްކަތްކުރާ މުވައްޒަފުންނާ ބަޖެޓްގެ މަސައްކަތްކުރާ މުވައްޒަފުންގެ ކޮންމެ ރަށު ކައުންސިލަކުން މިކަމާ ގުޅުންހުރި މުވައްޒަފެކެވެ.

މި ޓްރެއިނިންގ ޕްރޮގުރާމް ފައްޓަވައި ދެއްވީ ހައްދުންމަތީ އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝަރީފެވެ. ރައީސްގެ ވާހަކަފުޅުގައި އަތޮޅު ކައުންސިލްގެ މައިގަނޑު ވިސްނުމަކީ ރަށުކައުންސިލްތަކުގެ ހިންގުން ހަރުދަނާކުރުން ކަމަށާއި، ކައުންސިލްތަކުގައި ޤާބިލްކަންހުރި މުވައްޒަފުންތަކެއް އުފެއްދުންކަމަށް ވިދާޅުވިއެވެ.