މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަލްފާޟިލް އަޙުމަދު މަހުލޫފު ހައްދުންމައްޗަށް ވަޑައިގެންފި

މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަލްފާޟިލް އަޙުމަދު މަޙުލޫފު ހައްދުންމައްޗަށް ވަޑައިގެންފި އެވެ. އެމަނިކުފާނަށް ކައްދޫ އެއަރޕޯޓުން މަރުހަބާ ދެންނެވީ ހައްދުންމަތީ އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް އަބްދުﷲ ޝަރީފެވެ. މި މަހުގެ 22 ން 24 ށް އެމަނިކުފާނު ކުރައްވާ މި ދަތުރުފުޅުގައި ހައްދުންމަތީގެ އިސްދޫ، ކަލައިދޫ، ދަނބިދޫ، މާބައިދޫ، މުންޑޫގެ އިތުރުން މިއަތޮޅުގެ ގަމަށް ވަޑައިގަތުމަށްވަނީ ހަމަޖެހިފަ އެވެ.

މިނިސްޓަރ އަޙުމަދު މަހުލޫފުގެ މި ދަތުރުފުޅަކީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ދަށުން މި އަތޮޅުގައި ހުރި ކުޅިވަރު ވަޞީލަތްތަކުގެ ހާލަތު ދެނެގަނެ ތަރައްޤީކުރުމުގެ މަސައްކަތް ފެއްޓެވުމަށްޓަކައި ކުރައްވާ ދަތުރުފުޅެކެވެ. މީގެ އިތުރުން މިދަތުރުފުޅުގައި އަތޮޅު ކައުންސިލާއި މޯލްޑިވްސް ޕޮލިސްސަރވިސް އަދި ކޭބޯލަ ބޮޑުބެރު ގުރޫފް ގުޅިގެން ކުރިއަށްގެންދާ ” ޔޫތް ފޯ ސޭފަރ ކޮމިޔުނިޓީ” ގެ “މަތިވަރު ޗެލެންޖް ފުޓުސަލްމުބާރާތުގެ” ފައިނަލް މެޗް ޝަރަފުވެރިކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.