އަތޮޅު ކައުންސިލާއި ސިވިލްސަރވިސް ޓްރެއިނިންގ އިންސްޓިއުޓާއި ގުޅިގެން އިފެކްޓިވް ލީޑަރޝިޕް ސްކިލްސް ފޯރ ސްޕަވައިޒަރސް ޓްރެއިނިންގ އަދި އެމްޕްލޯއި ރިލޭޝަންޝިޕްސް ޓްރެއިނިންގ ޕްރޮގްރާމް ކުރިއަށްގެންދިއުން

ހައްދުންމަތީ އަތޮޅު ކައުންސިލާއި ސިވިލްސަރވިސް ޓްރޭނިން އިންސްޓިއުޓާއި ގުޅިގެން  އިފެކްޓިވް ލީޑަރޝިޕް ސްކިލްސް ފޯރ ސްޕަވައިޒަރސް އަދި އެމްޕްލޯއީ ރިލޭޝަންޝިޕްސް އާއި ބެހޭ 02 ޓްރެއިނިންގ ޕްރޮގުރާމް މިއަދު 13:00 ން ފެށިގެން ލ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ޓީ.އާރ.ސީ ހޯލްގައި ކުރިޔަށް އެބަދެ އެވެ. މިއަދުންފެށިގެން މިމަހުގެ 29 ވަނަ ދުވަހާހަމައަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި 02 ޓްރައިނިންގ ޕްރޮގުރާމްގެ ބޭނުމަކީ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ރަނގަޅުކޮށް މަސައްކަތަށް އަހުލުވެރިކުރުމާއި މުވައްޒަފުން އިތުރަށް ތާޒާކުރުމެވެ. މި ޓްރޭނިންގ ޕްރޮގުރާމުގައި ބައިވެރިކޮށްފައިވަނީ އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތަކުގެ ކައުންސިލަރުންނާއި މުވައްޒަފުންނެވެ.

މި ޓްރެއިނިންގ ޕްރޮގުރާމް ފައްޓަވައިދެއްވީ ހައްދުންމަތީ އަތޮޅު ކައުންސިލްގެ މެމްބަރ އަލްފާޟިލް ޝާހީން އިސްމާއީލެވެ. ޝާހީންގެ ވާހަކަފުޅުގައި އަތޮޅު ކައުންސިލްގެ މައިގަނޑު ވިސްނުމަކީ ރަށުކައުންސިލްތަކުގެ ހިންގުން ހަރުދަނާކުރުން ކަމަށާއި، ކައުންސިލްތަކުގައި ޤާބިލް މުވައްޒަފުންތަކެއް އުފެއްދުންކަމަށް ވިދާޅުވިއެވެ. އަދި މީގެ އިތުރުން މި ޕްރޮގްރާމްގެ ސެޝަންތަކަށް ހުރިހާ ބައިވެރިންވެސް ގަވާއިދުން ހާޒިރުވުމަކީ ވަރަށްބޮޑު އެދުމެއްކަމުގައިވެސް ވިދާޅުވިއެވެ.