2019 ވަނަ އަހަރުގެ ފުރަތަމަ 6 މަސް ދުވަހު ރަށު ކައުންސިލްތަކުގެ މޮނިޓަރިން ފެށިގެން ކުރިއަށްއެބަދޭ

2019 ވަނަ އަހަރުގެ ސެޕްޓެމްބަރ 30 އިން 2019 އޮކްޓޫބަރ 22 އަށް ރަށުކައުންސިލްތަކުގެ ފުރަތަމަ 6 މަސްދުވަހުގެ މޮނިޓަރިންގެ މަސައްކަތް ފެށިގެން ކުރިއަށްއެބަދޭ.  މި މޮނިޓަރިންނަކީ 2019 ވަނަ އަހަރުގެ ފުރަތަމަ 6 މަސް ދުވަހު ރަށު ކައުންސިލްތަކުގެ މަސައްކަތްތަކާއި ހަރަކާތްތައް ހިންގާފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 2010/7 ގެ 8 ވަނަ މާއްދާގެ “ނ” “ރ” އަދި “ޒ” ގައި ބަޔާންކޮށްފައިވާގޮތަށް ޤާނޫނު އަސާސީއާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނާއި، އެހެނިހެން ޤާނޫނުތަކާއި ޤަވާއިދުތައް އަދި ކައުންސިލްތަކުގެ ބެލެނިވެރި ފަރާތުންނާއި، ލައިން މިނިސްޓްރީތަކުން އެކަށައަޅުއްވާފައިވާ އުޞޫލްތަކާއި އެއްގޮތަށްތޯ ބެލުމުގެ ގޮތުން ކުރިއަށްގެންދާ މޮނިޓަރިންނެކެވެ.