މިއަހަރުގެ ޤަޢުމީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި.

1441 ވަނަ އަހަރުގެ ގައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ލ. އަތޮޅު ކައުންސިލްގެ އިދާރާގައި ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވައިފިއެވެ. މިއަދު ހެނދުނު 6:00 ގައި ބޭއްވި މިރަސްމިއްޔާތުގައި ފޮނަދޫގެ މުއައްސަސާތަކުގެ އިސްވެރިންނާއި މުވައްޒަފުންގެ އިތުރުން އެމް.އެން.ޑީ އެފާ މޯލްޑިވްސް ޕޮލިސް ސަރވިސް އަދި ކައްދޫ އެއަރޕޯޓްސް ކޮމްޕެނީގެ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

06:00 ގައި ގައުމީ ދުވަހުގެ ދިދަ ނަންގަވައިދެއްވީ އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝަރީފެވެ. އެއަށްފަހު ލ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ބޭންޑުގައި ގައުމީސަލާމް ކުޅެވުނެވެ. ގައުމީސަލާމަށްފަހު ކައުންސިލްގެ ރައީސް ހަޒިރީންނާ މުހާތަބްކުރައްވާފައިވެއެވެ. ރައީސްގެ ވާހަކަ ފުޅުގައި ގައުމީދުވަސް ފާހަގަކުރުމުގެ ގޮތުން ދިދަނެގުމަކުން އަދި ގައުމީދުވަސް ފާހަގަކުރެވުނީކަމަށް ބަލައިގެންނުވާނެކަމަށާއި އަޅުގަޑުމެންގެ ދީނާއި ގައުމު އަދި އަޅުގަނޑުމެންގެ ސަގާފަތާޢި އާދަކާދަ ހިފެހެއްޓުމަށްވިދާޅުވި އެވެ. އަޅުގަނޑުމެން ދިރިއުޅެމުންދަނީ ތަފާތު ބައްރުތަކެއް، އެކިއެކި ޖަޒީރާ ރަށްތަކެއް ކަމަށްވެފައި ޒަމާނަށް އައި ބަދަލާއެކު، ޒަމާނީ ވަސީލަތްތަކުގެ އެހީގައި އަޅުގަނޑުމެންގެ ގައުމާއި ދީނާއި އަދި ސަގާފަތާއި އާދަކާދައާ ބަޔަކު ކުޅެން މަސައްކަތް ކުރަމުންދާކަމަށާއި ނަމަވެސް އެކަން ބަދަލު ނުކުރެވޭނެކަމަށާއި އަދި ކުރިޔަށް އޮތް ތަނުގައިވެސް އެކަން އެގޮތައް ނުވާނެކަމަށް ވިދާޅުވެފައިވެ އެވެ.

ދިދަ ނެގުމުގެ ރަސްމިއްޔާތަށްފަހު ވަޑައިގެންނެވި ބޭފުޅުންނާއި ކައުންސިލްގެ ރައީސް ސަލާން ކުރައްވާ ދުވަހުގެ ތަހުނިޔާ ދެންނެވިއެވެ.