ކީރިތި ޤުރުއާން ކިޔެވުމުގެ 34 ވަނަ ޤައުމީ މުބާރާތުގައި ލ. އަތޮޅު ކައުންސިލް ތަމްޞީލްކުރާ ބައިވެރިންގެ ފަރިތަކުރުންތައް ފެށިއްޖެ

ކީރިތި ޤުރުއާން ކިޔެވުމުގެ 34 ވަނަ ޤައުމީ މުބާރާތުގައި ހައްދުންމަތީ އަތޮޅު ކައުންސިލް ތަމްސީލުކުރާ 30 ބައިވެރިން ހޮވުމަށް ލ. އަތޮޅު ރަށްރަށުގެ މެދުގައި ބޭއްވި ލާމު އޮޑިޝަންނިމި ބައިވެރިންގެ ފަރިތަކުރުންތައް ވަރޗްއަލްކޮށް މިއަދު ފެށިއްޖެއެވެ.
މިމަހު 16 ވަނަ ދުވަހު ކުރިޔަށް ގެންދެވުނު ލާމު އޮޑިޝަނުގައި 6 ޢުމުރުފުރާއަކުން 82 ބައިވެރިން ވާދަކޮށްފައިވެއެވެ. އެއީ މާމެންދޫ ކައުންސިލުން، ބަލައިގެން ކިޔެވުމުގެ ގޮފީގައި 20 ބައިވެރިން، ނުބަލާ ކިޔެވުމުގެ ގޮފީގައި 2 ބައިވެރިން، ހިތަދޫ ކައުންސިލުން، ބަލައިގެން ލިޔެވުމުގެ ގޮފީގައި 09 ބައިވެރިން، ގަންކައުންސިލުން، ބަލައިގެން ކިޔެވުމުގެ ގޮފީގައި 20 ބައިވެރިން ނުބަލާ ކިޔެވުމުގެ ގޮފީގައި 10 ބައިވެރިން، އިސްދޫ ކައުންސިލުން ބަލައިގެން ކިޔެވުމުގެ ގޮފީގައި 16 ނުބަލާ ކިޔެވުމުގެ ގޮފީގައި 5 ބައިވެރިން ނެއެވެ.
ވަރޗްއަލްކޮށް ކުރިޔަށް ގެންދެވުނު މި އޮޑިޝަންގައި ބަލައިގެން ކިޔެވުމުގެ ގޮފީގައި 65 ބައިވެރިން ނުބަލާ ކިޔެވުމުގެ ގޮފީގައި 17 ބައިވެރިން ވާދަކޮށްފައި ވެއެވެ.
ކީރިތި ޤުރުއާން ކިޔެވުމުގެ 34 ވަނަ ޤައުމީ މުބާރާތުގައި ހައްދުންމަތީ އަތޮޅު ކައުންސިލް ތަމްސީލުކުރުމަށް ބަލައިގެން ކިޔެވުމުގެ ގޮފިން 20 ބައިވެރިން، ނުބަލާ ކިޔެވުމުގެ ގޮފިން 10 ބައިވެރިން، ޖުމްލަ 30 ބައިވެރިން ހޮވިފައިވެއެވެ. ޤައުމީ މުބާރާތުގައި ލ. އަތޮޅު ކައުންސިލް ތަންސީލު ކުރާ 30 ބައިވެރިންގެ ނަންއިޢުލާން ކުރުމާއި، ހަނދާނީ ލިޔުން ހަވާލު ކުރުމުގެ ރަސްމިއްޔާތު މި އޮކްޓޯބަރ 22 ވަނަ ދުވަހުގެ ރޭ ވަރޗްއަލްކޮށް ވަނީ ބޭއްވިފައެވެ. މިރަސްމިއްޔާތާއި، އަދި ލާމު އޮޑިޝަންގެ ބައިވެރިންގެ ކިޔެވުން ލ. އަތޮޅު ކައުންސިލްގެ ފޭސްބޫކް ޕޭޖުންވަނީ ލައިވް ކުރެވިފައެވެ.
ލާމު އޮޑިޝަނުގައި ބަލައިގެން ކިޔެވުމުގެ ގޮފިން ހޮވުނު 20 ބައިވެރިން
- މަރްޔަމް ނަބާހާ ނަސީމް ގަން ކައުންސިލް
- ޢާއިޝް ޢަބްދުލް ޙަންނާން ގަން ކައުންސިލް
- އިފާސް އިސްމާޢީލް ގަން ކައުންސިލް
- މުޙައްމަދު ނީޝާން ނައީސް އިސްދޫ ކައުންސިލް
- ފާތިމަތު ލައިލާ ރަޝީދު އިސްދޫ ކައުންސިލް
- ޢާއިޝަތު ޝަފާ ގަން ކައުންސިލް
- އައިޝަތު ޢިއުފާ އަފީފް އިސްދޫ ކައުންސިލް
- ޔޫސުފް ކިޔާން ލަޠީފް ބިން މުޙައްމަދު ގަން ކައުންސިލް
- ޢަފާފް ޙަސަން ގަން ކައުންސިލް
- ޝިއުރާ ބިންތު ޢަބްދުލް ލަޠީފް ގަން ކައުންސިލް
- ސަރާ މުޙައްމަދު ސަޢީދު ގަން ކައުންސިލް
- ޢާއިޝަތު ޙުސްނު މުޙައްމަދު ގަން ކައުންސިލް
- އައިޝަތު ޝަހާމާ އިބުރާހީމް އިސްދޫ ކައުންސިލް
- މުޙައްމަދު އަޙްލަމް އާދަމް ޙަލީމް މާމެންދޫ ކައުންސިލް
- އަބްދުﷲ އަޛާން އަޒްވަރް އާދަމް މާމެންދޫ ކައުންސިލް
- ޢާއިޝަތު އިބާ ޢަލީ ހިތަދޫ ކައުންސިލް
- އަބްސަމް ޢަބްދުއްސަލާމް ޢަބްދުލް ޙަމީދު ގަން ކައުންސިލް
- އައިޝަތު ޝައިހާ ޝާފިޢު އިސްދޫ ކައުންސިލް
- އައިޝަތު މިސްކު ގަން ކައުންސިލް
- ފާތިމަތު ޔަސްނާ މާމެންދޫ ކައުންސިލް
ލާމު އޮޑިޝަނުގައި ނުބަލާ ކިޔެވުމުގެ ގޮފިން ހޮވުނު 10 ބައިވެރިން
- މުޙައްމަދު ޝަދުވާން ޢަބުދުﷲ ރާޝިދު ގަން ކައުންސިލް
- ޢާއިޝަތު ބިންތު އަބްދުއް ރަޢޫފް ގަން ކައުންސިލް
- ނަވާރު އަޙްމަދު ފަރީޝް ގަން ކައުންސިލް
- އަޢިޝާ ޢަބްދުއް ސަލާމް ޢަބްދުލް ޙަމީދު ގަން ކައުންސިލް
- ނަބާހަތު މުޙައްމަދު ގަން ކައުންސިލް
- ޢައިޝަތު އިޒްކާ އިބްރާހީމް ސަމީރު މާމެންދޫ ކައުންސިލް
- އާމިނަތު އަވްފާ އަފީފް އިސްދޫ ކައުންސިލް
- ފަލަކް ޢަބްދުއްރައޫފް ގަން ކައުންސިލް
- ނާހީ މުޙައްމަދު ނިޔާޒް ގަން ކައުންސިލް
- ޔޫޝަޢު ބިން މުޚްތާރު އިސްދޫ ކައުންސިލް
މިއޮޑިޝަންގައި ފަނޑިޔާރުކަން ކޮށްދެއްވަނީ އަލްޤާރީ ނިޝާންދު ޙުސައިން، އަލްޤާރީ މޫސާ އަޙުމަދު އަދި އަލްޤާރީ ފިރާޤު މުޙައްމަދު ފުޅެވެ.