ނެދަލޭންޑްގެ ޓީ.ޔޫ ދެލްފްޓް ގެ 28 ދަރިވަރުން ލ.އަތޮޅަށް ތަޖުރިބާ ދަތުރެއްކޮށްފި.

 

ނެދަލޭންޑްގެ އެންމެ ބޮޑު ޔުނިވަރސިޓީ ކަމުގައިވާ ޑެލްފްޓް ޔުނިވަރސިޓީ އޮފް ޓެކްނޮލޮޖީގެ 28 ދަރިވަރުން ލ.އަތޮޅުގެ ބައެއްރަށްތަކަށް ތަޖުރިބާއާއި މަޢުލޫމާތު ހޯދުމުގެ ދަތުރުތަކެއް ދަނީ ކުރަމުންނެވެ. މި ދަތުރަކީ ލ.އަތޮޅުގެ ތިމާވެށީގެ ހާލަތު ދެނެގަތުމަށާއި، ލ.އަތޮޅުގައި ކުނި މެނޭޖްކުރަމުންދާގޮތް ދެނެގަތުމަށް ކުރާ ދަތުރެކެވެ.

އެ ދަރިވަރުންގެ މިދަތުރުގައި ޔޫ.އެން.ޑީ.ޕީގެ ބައެއްބޭފުޅުންނާއި، ލ.އަތޮޅު ކައުންސިލްގެ އިސްވެރިންނާއި އެކު ލ.ގަމު އަމްރާ ޕެލަސްގައި އިއްޔެ ވަނީ ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކުނި ނައްތާލުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުންނާއި، އިނޮވޭޓިވް ޓެކްނޮލޮޖީ ބޭނުންކޮށްގެން ދަނޑުވެރިކަން ކުރުމާއި، އާރކިޓެކްޗަރގެ ދާއިރާއިން ފަންނީ އެހީ ދިނުމާގުޅޭގޮތުން މަޝްވަރާކުރެވުނުވެ. އަދި އަތޮޅު ފެންވަރުގައި އެއްރަށަށްވުރެ ގިނަ ރަށްރަށުގައި ހިންގޭ ޕްރޮގުރާމްތަކުގައި އަތޮޅު ކައުންސިލްގެ ދަޢުރާ ގުޅޭގޮތުން އެ ދަރިވަރުންނަށް އަތޮޅު ކައުންސިލްގެ ބޭފުޅުންވަނީ މަޢުލޫމާތު ހިއްސާކޮށްފައެވެ. އަދި މިބައްދަލުވުމުގައި އެ ދަރިވަރުންނާއި ގުޅިގެން ލ.އަތޮޅުގައި ކުރެވިދާނެ ކަންކަމާއިމެދު މަޝްވަރާކޮށް ވާހަކަ ދެކެވުނެވެ.

Leave a Reply

Your email address will not be published. Required fields are marked *