ޖުލައި މަހު ރައްޔިތުންގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ 2022
ޤާނޫނު ނަންބަރު: 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 107 ވަނަ މާއްދާގައި ވާގޮތުގެ މަތިން، ރައްޔިތުންނަށް ޢާންމުކޮށް ހުޅުވާލާފައިވާ ބައްދަލުވުމެއް ކޮންމެ އަހަރަކު ޖުލައި މަހު ސިޓީ ކައުންސިލުންނާއި ރަށްރަށުގެ ކައުންސިލްތަކުން ބާއްވަންޖެހެއެވެ. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް 2022 ވަނަ އަހަރު ޖުލައި މަހު ރައްޔިތުންނަށް ޢާންމުކޮށް ހުޅުވާލާފައިވާ ބައްދަލުވުމެއް ބާއްވާފައިވާ ކައުންސިލްތައް ތިރީގައިމިވަނީއެވެ.
ނަންބަރު | ކައުންސިލްގެ ނަން | ބައްދަލުވުން ބޭއްވި ތާރީޚް | އަތޮޅު ކައުންސިލަށް ހުށަހެޅި ތާރީޚް |
---|---|---|---|
1 | ހައްދުންމަތީ އިސްދޫ ކައުންސިލް | 29 ޖުލައި 2022 | 02 އޮގަސްޓް 2022 |
2 | ހައްދުންމަތީ ކަލައިދޫ ކައުންސިލް | 28 ޖުލައި 2022 | 30 ޖުލައި 2022 |
3 | ހައްދުންމަތީ ދަނބިދޫ ކައުންސިލް | 28 ޖުލައި 2022 | 03 އޮގަސްޓް 2022 |
4 | ހައްދުންމަތީ މާބައިދޫ ކައުންސިލް | 31 ޖުލައި 2022 | 01 އޮގަސްޓް 2022 |
5 | ހައްދުންމަތީ މުންޑޫ ކައުންސިލް | 25 ޖުލައި 2022 | 29 ޖުލައި 2022 |
6 | ހައްދުންމަތީ ގަން ކައުންސިލް | 30 ޖުލައި 2022 | 01 އޮގަސްޓް 2022 |
7 | ހައްދުންމަތީ ފޮނަދޫ ކައުންސިލް | 30 ޖުލައި 2022 | 03 އޮގަސްޓް 2022 |
8 | ހައްދުންމަތީ މާމެންދޫ ކައުންސިލް | 31 ޖުލައި 2022 | 09 އޮގަސްޓް 2022 |
9 | ހައްދުންމަތީ ހިތަދޫ ކައުންސިލް | 31 ޖުލައި 2022 | 04 އޮގަސްޓް 2022 |
10 | ހައްދުންމަތީ ކުނަހަންދޫ ކައުންސިލް | 31 ޖުލައި 2022 | 03 އޮގަސްޓް 2022 |
11 | ހައްދުންމަތީ މާވަށް ކައުންސިލް | 31 ޖުލައި 2022 | 01 އޮގަސްޓް 2022 |