މިއަހަރުގެ ޤަޢުމީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި.

1439 ވަނަ އަހަރުގެ ޤަޢުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ލ. އަތޮޅު ކައުންސިލްގެ އިދާރާގައި ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވައިފިއެވެ. މިރޭ 20:00 ގައި ބޭއްވި މިރަސްމިއްޔާތުގައި ފޮނަދޫގެ ހުރިހާ މުއައްސަސާތަކެއްގެ އިސްވެރިންނާއި މުވައްޒަފުން، އަދި އެމް.އެން.ޑީ.އެފް ސެންޓްރަލް އޭރިޔާ އާއި ކައްދޫ އެއަރޕޯޓްސް ކޮމްޕެނީގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވެ ވަޑައިގެންނެވިއެވެ. ޤަޢުމީ ދުވަހުގެ ދިދަ ނަންގަވައިދެއްވީ އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝަރީފް އެވެ. ދިދަ ނެގުމުގެ ރަސްމިއްޔާތަށްފަހު ވަޑައިގެންނެވި ބޭފުޅުންނާއި ކައުންސިލްގެ ރައީސް ސަލާން ކުރައްވާ ދުވަހުގެ ތަޙުނިޔާ ދެންނެވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *