ހައްދުންމަތީ އަތޮޅު ކައުންސިލްގެ ހަތަރުވަނަ ދައުރުގެ ދެވަނަ އަހަރީދުވަސް ފާހަގަކޮށްފި

ހައްދުންމަތީ އަތޮޅު ކައުންސިލްގެ ހަތަރުވަނަ ދައުރުގެ ދެވަނަ އަހަރީދުވަސް ފާހަގަކޮށްފިއެވެ. މިދުވަސް ފާހަގަކުރުމުގެ ގޮތުން 2023 މެއި 17ވަނަ ދުވަހުގެރޭ ލ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލްގައި ބޭއްވި ހަފުލާ ޝަރަފުވެރި ކޮށްދެއްވީ ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް ޢަބުދުﷲ ޝަރީފް ޢަބްދުލްފައްތާހެވެ. މިހަފްލައިގައި ހައްދުންމަތީ އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް އިސްމާޢީލް ޢަލީ އާއީ  ކައުންސިލްގެ މެންބަރުންނާއި ހައްދުންމަތީ އަތޮޅު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އަލްފާޟިލް ޔޫސުފް ޢާމިރާއި ކައުންސިލްގެ ހުރިހައި މުވައްޒަފުން ބައިވެރިވިއެވެ. އަދި ގަން ފޮނަދޫ މުއައްސަސާތަކުގެ ވެރިން މިހަފްލާގައި ބައިވެރިވެފައިވެއެވެ. ހަފްލާގައި ޝަރަފުވެރި މެހުމާނު އަލްފާޟިލް ޢަބްދުﷲ ޝަރީފް ޢަބުދުލްފައްތާޙު ދެއްކެވި ވާހަކަފުޅުގައި ލާމަރުކަޒީ ނިޒާމަށް މިއައި ބަދަލާއެކު އަމިއްލައަށް ކަންކަން ކުރެވޭގޮތައް މަގުފަހިވެފަވާތީ ލާމަސީލު ލާމަކަށް ލ.އަތޮޅު ހެއްދެވުމަށްޓަކާ ރައީސް އިސްމާޢީލު ޢަލީ ވަރަށްބޮޑަށް މަސައްކަތް ކުރައްވާކަން ފާހަގަކޮށް މުސްތަގުބަލުގައި ދުރު އަތޮޅުތަކުންވެސް މީހުން ލއަތޮޅަށް އެކިއެކި ބޭނުންތަކަށް އަންނަފަދަ އަތޮޅަކަށް ލ.އަތޮޅު ހެއްދެވުމުގެ ވިސްނުން ރައީސް އިސްމާޢީލު ޢަލީ ގެންގުޅުންވާކަމަށް ވިދާޅުވިއެވެ. އަދި އަތޮޅު ރައްޔިތުންގެ ލާބަޔާ މަންފާއަށް ގިނަގުނަ މަސައްކަތްތަކެއް ކުރަށްވަމުން ގެންދަވާތީ ވަރަށްބޮޑަށް ޝުކުރު އަދާކުރެއްވިއެވެ.  ޝަރަފުވެރި މެހުމާނުގެ އިތުރުން ހައްދުންމަތީ އަތޮޅު ކައުންސިލްގެ ރައީސް އިސްލާޢީލް ޢަލީގެ ވާހަކަފުޅުގައި އަތޮޅުކައުންސިލުން މަސައްކަތްކުރަމުންދަނީ އަތޮޅުގެ ރައްޔިތުންގެ ލާބަޔާ މަންފާއަށްޓަކައި ވަކި ކައުންސިލެއް، ވަކިރަށެއް އަދި ވަކި ފަރުދެއް ބެލުމެއްނެތި އަތޮޅުގެ ހުރިހައި ރަށެއްގެ ރައްޔިތުންނަށްވެސް ހަމަހަމަ މައުސޫލަކުން ޚިދުމަތް ފޯރުކޮށްދިނުންކަމަށް ވިދާޅުވިއެވެ

މިހަފްލާގައި ކައުންސިލަށް ދިގުމުއްދަތަކަށް ޚިދުމަތްކޮށްފައިވާ މުވައްޒަފުންނަށް ރިހި އަދި ލޯފިލާ ދެވިފައިވެއެވެ. ޚިދުމަތުގެ ރިހިފިލާ ލިބިފައިވަނީ އެސިސްޓެންޓް ކައުންސިލް އެގްޒެކްޓިވް ޢާއިޝަތު ޢިލްމުންނިސާ، އެސިސްޓެންޓް ކައުންސިލްއޮފިސަރ އިސްމާޢީލް އުބްރާހީމް، އެސިސްޓެންޓް ކައުންސިލްއޮފިސަރ މަރްޔަމް ޙަފީޒާ، އެސިސްޓެންޓް ކައުންސިލްއޮފިސަރ ޒުލްފާ އަޙުމަދު، އެސިސްޓެންޓް ކައުންސިލްއޮފިސަރ ޝަމީމާ ޙުސައިން، އެސިސްޓެންޓް ކައުންސިލްއޮފިސަރ މޫނިސާ ޖައުހަރީ، އެސިސްޓެންޓް ކައުންސިލްއޮފިސަރ ޙަފްޞާ ޢަލީ، އެސިސްޓެންޓް ކައުންސިލްއޮފިސަރ އިބްރާހީމް ޝާކިރު، އެސިސްޓެންޓް ކައުންސިލް އޮފިސަރ މުޙައްމަދު ޒާހިރު، އެސިސްޓެންޓް ކައުންސިލްއޮފިސަރ ޢަބްދުﷲ ޢަފީފު، އެސިސްޓެންޓް ކައުންސިލްއޮފިސަރ ޢަބްދުﷲ ޝަރީފް، އެސިސްޓެންޓް ކައުންސިލްއޮފިސަރ މުޙައްމަދު ޙަސަނަށެވެ. ޚިދުމަތުގެ ލޯފިލާ ލިބިފައިވާ ފަރާތްތަކަކީ ކައުންސިލް އެގްޒެކެޓިވް ޙުސައިން ޙަބީބު، އެސިސްޓެންޓް ކައުންސިލް އެގްޒެކްޓިވް ޙުސައިން ރަފީޢު، ކައުންސިލް އެސިސްޓެންޓް މުޙައްމަދު ރަޝީދު، ކައުންސިލް އެސިސްޓެންޓް އާމިނަތު ޢަބުދުﷲ، އެސިސްޓެންޓް ކައުންސިލް އޮފިސަރ ޢާއިޝަތު ސާދުނާ، ސީނިއަރ ކައުންސިލްއޮފިސަރ އަޙުމަދު ސިޔާޒު،  އެސިސްޓެންޓް ފައިނޭންސް އޮފިސަރ މުޙައްމަދު ޝިފާއު، އެކައުންޓްސް އޮފިސަރ ޝަމްސިއްޔާ ޙަސަން، ފަޅުވެރި ޢަބްދުލް މުޙުސިނު ޙުސައިން، ކައުންސިލް އެސިސްޓެންޓް މަރްޔަމް ސީތާ، އެސިސްޓެންޓް ކައުންސިލްއޮފިސަރ ޝެހެނާޒު ޙުސައިން، އެސިސްޓެންޓް ކައުންސިލް އޮފިސަރ ޢާއިޝަތު ނުޒުހާ، އެސިސްޓެންޓް ކައުންސިލްއޮފިސަރ ޢަބްދުﷲ ޖަމީލު، އެސިސްޓެންޓް ކައުންސިލްއޮފިސަރ ޢާއިޝަތު ނާދިޔާއަށެވެ. ހާޟިރީ އެންމެ ރަގަޅު މުވައްޒަފުންނަށް ރަން އަދި ރިހީގަޑީގެ ނަމުގައި އެވޯޑް ދެވިފައިވެއެވެ. ރަންގަޑި އެވޯޑު ލިބިފައިވާ  މުވައްޒަފުންނަކީ ސެކްރެޓަރީޖެނެރަލް ޔޫސުފް ޢާމިރް، އެސިސްޓެންޓް ކައުންސިލް އެގްޒެކްޓިވް މުޙައްމަދު ޒާހިރު، ކައުންސިލް އެސިސްޓެންޓް އާމިނަތު ޢަބްދުﷲ، އެސިސްޓެންޓް ކައުންސިލް އޮފިސަރ ޙަފްޞާ ޢަލީއަށެވެ.  ރިހިގަޑި އެވޯޑު ލިބިފައިވަނީ ކައުންސިލް އެސިސްޓެންޓް ޚަދީޖާ އަޙުމަދު އިބްރާހީމަށެވެ.  މި ހަފުލާގާއި ލާމަސީލު ސަޕޯޓު އޮފިސަރުންނަށާއި ލާމަސީލު ކައުންސިލް އޮފިސަރުން އަދި ލާމަސީލު މުވައްޒަފުގެ އެވޯޑުވެސް ދެވިފައިވެއެވެ. ލާމަސީލު ސޕޯޓް ސްޓާފްގެ އެވޯޑު ލިބިފައިވަނީ މަސައްކަތު ފާޠިމަތު ވަޙީދާ، މަސައްކަތު މަރްޔަމް އަނީމާއަށެވެ. ލާމަސީލު ސަޕޯޓް އޮފިސަރގެ އެވޭޑް ލިބިފައިވަނީ ސީނިއަރކައުންސިލް އޮފިސަރ އަޙުމަދު ސިޔާޒު، އެކައުންޓްސް އޮފިސަރ ޝަމްސިއްޔާ ޙަސަނަށެވެ. ލާމަސީލު އެވޯޑު ލިބިފައިވަނީ އެސިސްޓެންޓް ކައުންސިލްއޮފިސަރ ޢާއިޝަތު ސާދުނާއަށެވެ. ރިހިފިލާ ދީފައިވަނީ 21 އަހަރުން ފެށީގެން 30 އަހަރާ ދެމެދު ޚިދުމަތްކޮށްފައިވާ މުވައްޒަފުންނަށެވެ. ލޯފިލާ ދެވިފައިވަނީ 10 އަހަރުން ފެށިގެން 20 އަހަރާދެމެދު ޚިދުމަތްކޮށްފައިވާ މުވައްޒަފުންނަށެވެ. ރަންގަޑި އެވޯޑު ދެވިފައިވަނީ 01 މެއި 2022 ން 30 އޭޕްރީލު 2023 އަށް ހާޟިރީން 100% ހޯދާފައިވާ މުވައްޒަފުންނަށެވެ. ރިހިގަޑި އެޥޯޑު ދެވިފައިވަނީ ހާޟިރީން 90% ހޯދަފައިވާ މުވައްޒަފުންނަށެވެ. މިހަފްލާގައި ލާމަސީލު ލާމު ލަވަ އިފްތިދާހު ކުރެވުނެވެ. ލަވަ އިފްތިދާޙު ކޮށްދެއްވީ ހައްދުންމަތީ އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް އިސްމާޢީލު ޢަލީއެވެ.