ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އަތުގުޅާލުމުގެ ޙަރަކާތެއް ކުރިއަށް ގެންގޮސްފި

ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް އަތުގުޅާލުމުގެ ހަރަކާތެއް މިއަދު ކުރިއަށް ގެންގޮސްފިއެވެ. މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ މިއަދު ހެނދުނު 09:15 ގައި ލ.އަތޮޅު ތައުލީމީ މަރުކަޒުގައެވެ. މި އަތުގުޅާލުމުގައި ލ.ފޮނަދޫގައި ހުރި ސަރުކާރުގެ މުއައްސަސާތަކާއި، އެހެނިހެން މުއައްސަސާތަކުން ބައިވެރިވެ ވަޑައިގެންފައިވެއެވެ.

ލ. ފޮނަދޫގެ އަތުގުޅާލުމުގެ ޙަރަކާތުގެ ތެރެއިން

އަތުގުޅާލުން ފެށިފައިވަނީ ކީރިތި ޤުރުއާނުގެ ބަރަކާތުންނެވެ. އެއަށްފަހު 9:23 ގައި 2004 ޑިސެންބަރު 26 ވަނަ ދުވަހު ހެނދުނު 9:23 ގައި ރާއްޖޭއަށް ކުރިމަތިވި ސުނާމީ ކާރިޘާގައި ނިޔާވި މީހުންނާއި، ގެއްލިގެންދިޔަ މީހުންގެ ހަނދާނުގައި 1 މިނިޓްގެ ސްކޫތެއް ގެނެވުނެވެ.

މި ސުކޫތަށްފަހު ދުވަހާގުޅޭ ޚާއްޞަ ދުޢާއެއްވަނީ ކޮށްފައެވެ. ދުޢާ އަށްފަހު އަތުގުޅާލުން ނިމިގެން ދިޔައީ ގައުމީ ސަލާމުންނެވެ.

ލ. ފޮނަދޫގެ އަތުގުޅާލުމުގެ ޙަރަކާތުގެ ތެރެއިން

ފޮނަދޫގެ އިތުރުން ލ.އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް ވަނީ އަތުގުޅާލުމުގެ ހަރަކާތްކުރިއަށްގެންގޮސްފައެވެ.

ލ. ދަނބިދޫގެ އަތުގުޅާލުމުގެ ޙަރަކާތުގެ ތެރެއިން
ލ. މާވަށުގެ އަތުގުޅާލުމުގެ ޙަރަކާތުގެ ތެރެއިން

Leave a Reply

Your email address will not be published. Required fields are marked *