ހައްދުންމަތީ އަތޮޅު ކައުންސިލުން އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީއަށް ތަޖުރިބާ ދަތުރެއް ކުރައްވަމުން އެބަގެންދަވާ

ހައްދުންމަތީ އަތޮޅުކައުންސިލާއި އަތޮޅުގެ ބައެއް ރަށްރަށުގެ ކައުންސިލްތަކުގެ ބޭފުޅުން އައްޑޫ އަދި ފުވައްމުލަކު ސިޓީއަށް ދަތުރެއް ކުރައްވަމުން އެބަގެންދަވަ އެވެ. މި ދަތުރަކީ ކައުންސިލްތަކުގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން އެހެން އަތޮޅުތަކުގެ އިދާރީ ހިންގުމާއި ކައުންސިލްތަކުގެ ފުދުންތެރިކަން އިތުރު ކުރުމަށް އެ ކައުންސިލްތަކުންކުރާ މަސައްކަތްތަކާއި އެހެނިހެން ކަންކަންބަލާ ތަޖުރިބާކުރުމާއި އެއްކައުންސިލް އަނެއްކައުންސިލަކާ ގާތްގުޅުމެއް ބޭއްވުމުގެ މަގުޞަދުގައި ކުރައްވާ ދަތުރެކެވެ. މިގޮތުން މި މަހުގެ 04 ވަނަ ދުވަހު އައްޑޫ ސިޓީ ކައުންސިލާއެކު ރަސްމީ ބައްދަލުވުމެއްވަނީ ބާއްވާފަ އެވެ. މި ބައްދަލުވުމުގައި އައްޑޫގައި ހިންގާ އެކިއެކި ޕްރޮޖެކްޓްތަކާއި އެކިއެކި މަޝްރޫޢުތަކާ ބެހޭގޮތުން ވާހަކަދައްކާ މަޝްވަރާކުރެވުނެވެ. 03 މާރިޗު 2018 ން 08 މާރިޗު 2018 އަށް ކުރާ މިދަތުރުގައި 06 މާރިޗު 2018 ވަނަ ދުވަހު ފުވައްމުލަކު ސިޓީއަށް ދިޔުމަށްވަނީ ހަމަޖެހިފަ އެވެ. ހައްދުންމަތީ އަތޮޅު ކައުންސިލްގެ މެމްބަރުންގެ އިތުރުން މި ދަތުގައި ބައިވެރިވެފައިވަނީ އަތޮޅު ކައުންސިލްގެ ޒިންމާދާރުވެރިޔާ އާއި ގަމު ކައުންސިލްގެ ނާއިބު ރައީސާއި، ފޮނަދޫ ކައުންސިލްގެ ނާއިބު ރައީސެވެ.

Leave a Reply

Your email address will not be published. Required fields are marked *