އެމް.އެން.ޑީ.އެފް ސެންޓްރަލް އޭރިއާ އާއި މި ކައުންސިލް ގުޅިގެން ކޯސްޓަލް ނެވިގޭޝަން ލެވެލް 2 ގެ ކޯހެއް ފަށައިފި
އެމް.އެން.ޑީ.އެފް ސެންޓްރަލް އޭރިއާ އާއި މި ކައުންސިލް ގުޅިގެން ލ.ފޮނަދޫގައި މި މަހުގެ 10 ވަނަ ދުވަހު ކޯސްޓަލް ނެވިގޭޝަން ލެވެލް 2 ގެ ކޯހެއް ފަށައިފިއެވެ. ކޯހުގެ ފީގެ ގޮތުގައި އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭގޮތަށް 04 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ކޯހުގައި ފޮނަދޫގެ އިތުރުން ގަމުގެ ބައެއް ފަރާތްތައްވެސް ބައިވެރިވެފައިވެއެވެ. އެގޮތުން ޖުމްލަ 31 ފަރާތަކުން މިކޯހުގައި ބައިވެރިވެފައިވެއެވެ.
މި ކޯހުގައި ކިޔަވައިދެއްވަނީ އެމް.އެން.ޑީ.އެފް ގެ ބޭފުޅުންނެވެ.