“އަތޮޅު ކައުންސިލްގެ 9 ވަނަ ޤުރުއާން މުބާރާތް 2018” ނިމިއްޖެ

ހައްދުންމަތީ އަތޮޅު ކައުންސިލްގެ 9 ވަނަ ޤުރުއާން މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ބާއްވާފިއެވެ. މިރަސްމިއްޔާތު ބޭއްވުނީ   07 އެޕްރީލް 2018 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި ލ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލުގައެވެ. މިރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާފައިވަނީ ލ.އެޑްވާންސް މޫވްމެންޓްގެ ސީ.އީ.އޯ އައްޝައިޙް މުޙައްމަދު ޙަލީމެވެ.  މިމުބާރާތުގައި އަތޮޅުގެ 7 ކައުންސިލަކުން ޖުމްލަ 94 ދަރިވަރުން ބައިވެރިވެފައިވެއެވެ.

މިމުބާރާތުގެ ބަލައިގެން ކިޔެވުމުގެ ގޮފިން އެންމެ މޮޅު އަންހެން ބައިވެރިއަކަށް ހޮވިފައިވަނީ މާވަށު ކައުންސިލްގެ ފަރާތުން ބައިވެރިވެފައިވާ ދަރިވަރު ފާތިމަތު މުސައިފާ މުޙައްމަދެވެ. ބަލައިގެން ކިޔެވުމުގެ ގޮފިން އެންމެ މޮޅު ފިރިހެން ބައިވެރިއަކަށް ހޮވިފައިވަނީ މާވަށު ކައުންސިލްގެ ފަރާތުން ބައިވެރިވެފައިވާ ދަރިވަރު މުޙައްމަދު އާޙިލް ޙަސަނެވެ. ނުބަލާ ކިޔެވުމުގެ ގޮފިން އެންމެ މޮޅު އަންހެން ބައިވެރިއަކަށް ހޮވިފައިވަނީ ކަލައިދޫ ކައުންސިލްގެ ފަރާތުން ބައިވެރިވެފައިވާ ދަރިވަރު މަންހާ މަހްޒަބީން ނޫރެވެ. ނުބަލާ ކިޔެވުމުގެ ގޮފިން އެންމެ މޮޅު ފިރިހެން ބައިވެރިއަކަށް ހޮވިފައިވަނީ ފޮނަދޫ ކައުންސިލްގެ ފަރާތުން ބައިވެރިވެފައިވާ ދަރިވަރު އަޙުމަދު ޝައިމް ރިޟާއެވެ. މުޅި މުބާރާތުގެ އެންމެ މޮޅު އަންހެން ބައިވެރިއަކަށް ހޮވިފައިވަނީ މާވަށު ކައުންސިލްގެ ފަރާތުން ބައިވެރިވެފައިވާ ދަރިވަރު ފާތިމަތު މުސައިފާ މުޙައްމަދެވެ. މުޅި މުބާރާތުގެ އެންމެ މޮޅު ފިރިހެން ބައިވެރިއަކަށް ހޮވިފައިވަނީ ފޮނަދޫ ކައުންސިލްގެ ފަރާތުން ބައިވެރިވެފައިވާ ދަރިވަރު އަޙުމަދު ޝައިމް ރިޟާއެވެ.

Leave a Reply

Your email address will not be published. Required fields are marked *