މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒު ޑޮކްޓަރ އަޙުމަދު ޒާހިރު ޢަލީ ހައްދުންމައްޗަށް ވަޑައިގަންނަވައިފި

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒު ޑޮކްޓަރ އަޙުމަދު ޒާހިރު ޢަލީ މި އޮކްޓޫބަރު މަހުގެ 18 ވަނަ ދުވަހު ހައްދުންމައްޗަށް ވަޑައިގަންނަވައިފި އެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގައި ހައްދުންމަތީ ކަލައިދޫގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ މިސްކިތުގެ ބިންގާ އަޅުވައި ދެއްވުމާއި ކަލައިދޫގައި ޤްރުއާނާބެހޭގޮތްޕެއް ރަސްމީކޮށް ހުޅުއްވައިދެއްވި އެވެ. އަދި މާބައިދޫގެ މިސްކިތް ބައްލަވާ ލެއްވުމާއި ހައްދުންމަތީ ފޮނަދޫ އާއި ގަމުގައި  ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ މިސްކިތް ޢިމާރާތްކުރާ ސައިޓު ބައްލަވާލެއްވުމަށްފަހު ފޮނަދޫ ޤްރުއާނާބެހޭ ގޮތްޕަށް ޒިޔާރަތް ކުރެއްވި އެވެ.  މީގެ އިތުރުން ލ.އަތޮޅުކައުންސިލާއި ފޮނަދޫ ކައުންސިލާއި ގަމު ކައުންސިލާ ބައްދަލުކުރެއްވި އެވެ.  

މިނިސްޓަރގެ މި ދަތުރުފުޅުގައި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސްފާހަގަކުރުމުގެ ގޮތުން ހައްދުންމަތީ އަތޮޅު ކައުންސިލާއި ބިޒިނަސް ސެންޓަރު ކޯޕަރޭޝަނާ ގުޅިގެން، ގަމު ކައުންސިލާއި ފޮނަދޫ ކައުންސިލާއި ގަމު ރީޖަނަލް ހޮސްޕިޓަލުގެ އެހީތެރިކަމާއެކު ގަމުގައި ބޭއްވި ލާމުކާނާ ފުޑް އެކްސްޕޯ 2019 ހުޅުއްވައި ދެއްވި އެވެ. އެމަނިކުފާނުގެ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާވަޑައި ގަތީ 20 އޮކްޓޯބަރ 2019 ވަނަ ދުވަހު އެވެ.