ލާމުކާނާ ފުޑް އެކްސްޕޯ 2019 ގެ ނަމުގައި ކާބޯތަކެތީގެ މައުރަޒެއް ބާއްވައިފި

ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ލ.އަތޮޅު ކައުންސިލާއި ބިޒިނަސް ސެންޓަރު ކޯޕަރޭޝާނާ ގުޅިގެން، ލ. ފޮނަދޫ ކައުންސިލާއި ލ.ގަމު ކައުންސިލް އަދި ގަމު ރީޖަނަލް ހޮސްޕިޓަލުގެ އެހީތެރިކަމާއެކު ލާމުކާނާ ފުޑް އެކްސްޕޯ 2019 ގެ ނަމުގައި މި އޮކްޓޫބަރު މަހުގެ 19 ވަނަ ދުވަހު ކާބޯތަކެތީގެ މައުރަޒެއް ލ.ގަމު އިހައްދޫ ސްކޫލްގައި ބާއްވައިފި އެވެ.  މި މައުރަޒު ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒު ޑޮކްޓަރ އަޙުމަދު ޒާހިރު ޢަލީ އެވެ. މި މައުރަޒުގެ ބޭނުމަކީ ލާމު ކާނާގެ ޕްރޮޑަކްޓުތައް އެއްތަނަކުން ގިނަބަޔަށް ދައްކާލުމާއި އެ ޕްރޮޑަކްޓުތައް އުފައްދާ ފަރާތްތަކުގެ މަޢުލޫމާތު ގިނަ މީހުންނަށް ފޯރުކޮށްދިނުމެވެ.

މި މައުރަޒުގައި  ބައެއް ސްކޫލްތަކުގެ އިތުރުން  ވިޔަފާރިވެރިންނާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކާ އަދި ބައެއް އަމިއްލަ ފަރުދުން ބައިވެރިވި އެވެ. މި މައުރަޒު ކުރިޔަށް ގެންދެވުނީ ކުޑަކުދިންގެ ހަވީރަކާއެކުގަ އެވެ.