ޖުޑީޝަލް ސަރވިސް ކޮމިޝަންގެ 2019 ވަނަ އަހަރުގެ 84 ވަނަ ބައްދަލުވުން ހައްދުންމަތީ އަތޮޅު ކައުންސިލްގައި ބާއްވައިފި
ޖުޑީސަލް ސަރވިސް ކޮމިޝަންގެ 2019 ވަނަ އަހަރުގެ 84 ވަނަ ބައްދަލުވުން، މިއަދު 10:30 ގައި ލ.އަތޮޅު ކައުންސިލްގެ ތާޖުއްދީން މާލަމުގައި ބާއްވައިފިއެވެ. މިބައްދަލުވުމަކީ ވެރިކަން ކުރާ މާލެއިން ބޭރުގައި، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ފުރަތަމަ ފަހަރަށް ބޭއްވި ބައްދަލުވުމެވެ. ކޮންމެ އަހަރަކު ޖުޑީޝަލް ސަރވިސް ކޮމިޝަންގެ 2 ބައްދަލުވުން ލ.އަތޮޅުގައި ބޭއްވުމަށް އެކޮމިޝަނުން ވަނީ ނިންމަވާފައެވެ.
![](https://laamu.gov.mv/wp-content/uploads/2019/11/78776338_2858857184132909_3146150255414738944_o.jpg)
ބައްދަލުވުން ނިންމެވުމަށްފަހު، ބައްދަލުވުމުގައި ބައިވެވަޑައިގެންނެވި ބޭފުޅުން ކައުންސިލްގެ ރައީސް ޢަބްދުﷲ ޝަރީފާ ބައްދަލުކުރައްވާ، މެހެމާނުން ސޮއިކުރާ ފޮތުގައި ވަނީ ސޮއިކޮށްފައެވެ.