އަތޮޅު ކައުންސިލާއި ސިވިލްސަރވިސް ކޮމިޝަނާއި ގުޅިގެން ސްމަރޓް މެނޭޖްމަންޓް ސްކިލްސް ޑިވެލޮޕްމަންޓް ޓްރެއިނިންގ ޕްރޮގްރާމް ކުރިއަށްގެންދިއުން

އަތޮޅު ކައުންސިލާއި ސިވިލް ސަރވިސް ކޮމިޝަނާއި ގުޅިގެން ސްމަރޓް މެނޭޖްމަންޓް ސްކިލްސް ޑިވެލޮޕްމަންޓާއި ގުޅޭ 02 ގަޑިއިރުގެ ތަމްރީން ޕްރޮގްރާމެއް ނޮވެންބަރު 23 ވަނަ ދުވަހު ކައުންސިލްގެ އެދުރު އުމަރު މާލަމުގައި ވަނީ ބޭއްވިފައެވެ. މި ޕްރޮގްރާމް ކުރިއަށްގެންގޮސްދެއްވާފައިވަނީ ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ޑރ.އަލީ ޝަމީމް އެވެ. މިޕްރޮގްރާމްގެ މަގުސަދަކީ ކައުންސިލުން ދޭ ހިދުމަތްތައް އަވަސްކޮށް ހިދުމަތުގެ ފެންވަރު މިހާރަށްވުރެ ރަނގަޅުކޮށް، މަސައްކަތަށް އަހުލުވެރިކުރުމާއި، މުވައްޒަފުން އިތުރަށް ތާޒާކުރުމެވެ .މިތަމްރީން ޕްރޮގްރާމްގައި މި ކައުންސިލްގެ މުވައްޒަފުންގެ އިތުރުން ފޮނަދޫ ކައުންސިލްއިދާރާގެ މުވައްޒަފުން ބައިވެރިވެފައިވެއެވެ.

ކުރިއަށް އޮތްތާގައިވެސް ކައުންސިލުން މުވައްޒަފުންނަށް އަމާޒުކޮށްގެން މިފަދަ ޕްރޮގްރާމްތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.