ހައްދުންމަތީ ކްލަބް ޖަމްޢިއްޔާތަކުގެ މަހާސިންތާ ބާއްވާއިފި

ހައްދުންމަތީގެ ކުލަބްޖަމިއްޔާތަށް ބާރުވެރިކުރުވުމުގެ މަޤްޞަދުގައި ހައްދުންމަތީ އަތޮޅު ކައުންސިލުން ޔޫތު މިނިސްޓްރީ އާ ގުޅިގެން 2022 މާރިޗް 18 ން 20 އަށް ފޮނަދޫ ޢިޖުތިމާޢީ މަރުކަޒުގައި ކުރިއަށް ގެންދިޔަ ހައްދުންމަތީ ކުލަބް، ޖަމިއްޔާ ތަކުގެ މަހާސިންތާ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި މަހާސިންތާ ގައި މިއަތޮޅުގެ  ޖަމްޢިއްޔާތަކުން 18 ބޭފުޅުން ބައިވެރިވެފައިވެއެވެ. މި މަހާސިންތާގެ  ސެޝަންތައް ކުރިޔަށް ގެންގޮސްދެއްވާފައިވަނީ  ޔޫތު މިނިސްޓްރީއާ، ޔޫ.އެން.ޑީ.ޕީ އާ، ހައްދުންމަތީ އަތޮޅު ކައުންސިލާ، އެންދެރި ޕްރޮޖެކްޓާ، އަމިއްލަ ފަރާތެއްކަމުގައިވާ ލ.ގަމު ދިރުން އިބްރާހީމް ނިޔާޒެވެ. އަދި މީގެ އިތުރުން ލ.ބިޒްނަސް ސެންޓަރުގެ ފަރާތުން މިމަހާސިންތާ ގައި ޕްރޮޕޯސަލް ހެދުމުގެ ޓްރޭނިންގ ބައިވެރިންނަށް ދެވިފައިވެއެވެ. 3 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތު ގައި މަހާސިންތާގެ ބައިވެރިންނާ މުޚާޠަބު ކޮށް ހައްދުންމަތީ އަތޮޅުކައުންސިލްގެ ރައީސް އިސްމާޢީލް ޢަލީ ދެއްކެވި ވާހަކަފުޅުގައި އަތޮޅު ކައުންސިލުން ހިންގާ މިފަދަ ޙަރަކާތްތަކުގައި ބައިވެރިވުން މިއަށްވުރެ އިތުރު ކޮށްދެއްވުމަށާއި މިފަދަ ކަންކަން ކާމިޔާބު ކުރުމަށްޓަކައި މިހާރަށްވުރެ އިތުރަށް މަސައްކަތް ކޮށްދެއްވުމަށް ރަށްރަށުގައި ތިއްބެވި އަތޮޅު ކައުންސިލްގެ މެމްބަރުންގެ ކިބައިން އެދިވައިގެންނެވިއެވެ. އަދި މި މަހާސިންތާގެ ފައިދާ ބައިވެރިންނަށާއި، މުޖުތަމަޢަށް ކުރާނެ ކަމުގެ ޔަޤީންކަން އެބައޮތްކަމުގައި  ރައީސް ވިދާޅުވިއެވެ. ރަސްމިއްޔާތުގައި ބައިވެރިނަށް ހަނދާނީ ލިޔުން ޙަވާލުކޮށްދެއްވާފައިވަނީ ހައްދުންތީ އަތޮޅު ކައުންސިލްގެ މެމްބަރ، ހައްދުންމަތީ ގަމު ކައުންސިލްގެ ރައީސް އަލްފާޟިލް އަޙުމަދު ޒަކީއެވެ.